ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-32/2018)

September 4, 2018

ޝަކުވާ ނަމްބަރު: IMCAC-32/2018

ޝަކުވާ ހުށަހެޅި ތާރީޙް: 29 އޮގަސްޓް 2018

ހުލާސާ: މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ “ރާއްޖެ ޓީވީ” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ “ރާއްޖެ ޓީވީ” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވުމަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފުރުޞަތެއް ދެވިފައިވާކަމާއި؛

ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް ޖަވާބުދާރީވެ ދީފައިވާ ބަޔާނަށް ނަޒަރުކުރާއިރު، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތުގެ މައުލޫމާތު އިއުލާނުކޮށްފައިވާނެކަމަށާއި، މި މައުލޫމާތު ރާއްޖެ އެމް.ވީ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާ ކަމަށާއި، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ރިސެޕްޝަނުން އެ މައުލޫމާތު ލިބެން ހުންނާނެކަމަށް ބަޔާންކޮށްފައިވާތީ އާއި؛

ރާއްޖެ އެމް.ވީ ވެބްސައިޓްގައި 20 އޮގަސްޓު 2018 ގައި “ރިޔާސީ އިންތިޚާބުގެ ކޮންޓެންޓް ގެނެސްދިނުމުގެ އުސޫލު” ޝާއިޢުކޮށްފައިވާކަމާއި، މި އުސޫލުގެ ދަށުން އެއާރޓައިމް ވިއްކުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓު 2018 އިން         22 ސެޕްޓެންބަރު 2018 ގެ ނިޔަލަށް ކަމުގައި ބަޔާންކޮށްފައިވާތީ؛

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ “ރާއްޖެ ޓީވީ” ގެ ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައިވާ ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ ޚިލާފުވެފައިވާ ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުނ މައްސަލަ ނިންމީއެވެ.

03 ސެޕްޓެންބަރު 2018