ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-33/2018)

September 4, 2018

ޝަކުވާ ނަމްބަރު: IMCAC-33/2018

ޝަކުވާ ހުށަހެޅި ތާރީޙް: 29 އޮގަސްޓް 2018

 ހުލާސާ: މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑްގެ “ސަން ޓީވީ” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑްގެ “ސަން ޓީވީ” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑް އަށް އެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވުމަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފުރުޞަތެއް ދެވިފައިވާކަމާއި؛

ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑް އިން މައްސަލައަށް ޖަވާބުދާރީވެ ދީފައިވާ ބަޔާނަށް ނަޒަރުކުރާއިރު، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތުގެ މައުލޫމާތު އިއުލާނުކޮށްފައިވާނެ ކަމަށާއި، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތް 2 ސެޕްޓެންބަރު 2018 ގައި ކޮމިޝަނަށް ހުށަހަޅާފައިވާތީ އާއި؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތް ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑްގެ “ސަން ޓީވީ” އިން އާއްމުކޮށް އިއުލާނުކޮށްފައި ވަނީ 30 އޮގަސްޓު 2018 އަދި  31 އޮގަސްޓު 2018 ގައި ކަމުގައި ވާތީ؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑްގެ “ސަން ޓީވީ” އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު އިއުލާނުކޮށްފައިވަނީ          30 އޮގަސްޓު 2018 އަދި  31 އޮގަސްޓު 2018 ގައި ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 2 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ނަމަވެސް؛

އަދި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑްގެ “ސަން ޓީވީ” އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތް ކޮމިޝަނަށް ހުށަހަޅައިފައިވަނީ 2 ސެޕްޓެންބަރު 2018 ގައި  ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 2 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރާ ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ނަމަވެސް؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ ޚިލާފުވާ ފުރަތަމަ ފަހަރު އެޅޭނެކަމަށް، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 5 ވަނަ މާއްދާ (ފިޔަވަޅު އެޅުން) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅަކީ، އެކަމެއް ރަގަޅުކުރަން އެންގުން ކަމަށްވެފައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑްގެ “ސަން ޓީވީ” އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް އިއުލާނުކޮށްފައިވަނީ 30 އޮގަސްޓު 2018 އަދި 31 އޮގަސްޓު 2018 ގައި ކަމަށް ވުމާއި، އެ މައުލޫމާތު 2 ސެޕްޓެންބަރު 2018 ގައި ކޮމިޝަނަށް ފޮނުވާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތްކަމަށް، މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

03 ސެޕްޓެންބަރު 2018