ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-34/2021)

February 23, 2022

ޝަކުވާ ނަންބަރު: IMCAC-34/2021

ޝަކުވާ ހުށަހެޅި ތާރީޙް: 23 ޖޫން 2021

ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ޤަވާއިދާ ޚިލާފަށް  ލައިސަންސްނެތި  އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ށ.ބިލެތްފަހީގައި ދޭކަމަށް ބެލެވޭތީ ބަލައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުޞަތުގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑް އިން މުއްދަތުގައި މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަކީ ށ.ބިލެތްފަހީގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން މިހާތަނަށް ލައިސަންސް ދޫކޮށްފައިވާ ފަރާތެއްނޫންކަމާއި،

ބަޑީސްނެޓް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ށ.ބިލެތްފަހީގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ގަވާއިދާ ޚިލާފަށް  ލައިސަންސްނެތި  އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބެލެވޭތީ ކޮމިޝަނުން ބަލާފައިވާ ކޮމިޝަންގެ ނަންބަރު IMCAC-34/2021 މައްސަލައިގެ ތަޙުޤީޤު މަރުހަލާގައި، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއިން ފޮނުވާފައިވާ އެކައުންސިލްގެ ނަންބަރު 276/427/2021/1 (15 ޖުލައި 2021) ސިޓީގައި ، ކައުންސިލްއިން ބެލިބެލުމުން ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ށ.ބިލެތްފަހީގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ނުދާކަމަށް މަޢުލޫމާތު ދީފައިވާތީ، ބަޑީސްނެޓްގެ ފަރާތުން ށ.ބިލެތްފަހީގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ޤަވާއިދާ ޚިލާފަށް  ލައިސަންސްނެތި  އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް  ދޭކަމަށް ކަނޑައަޅާނެ ޖާގައެއްނެތްކަމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

23 ފެބްރުވަރީ 2022