ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-4/2013)

July 16, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-4/2013)

ޝަކުވާ ނަމްބަރު: IM/CAC-4/2013

ޝަކުވާ ހުށެހެޅި ތާރީޙް: 11 ޖޫން 2013

ހުލާސާ:  ދިޓީވީއިން 9 ޖޫން 2013ވަނަ ދުވަހުގެ ރޭ 8:00 ގައި ގެނެސްދިން ޚަބަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑިޝަލް ސަރވިސަސް ކޮމިޝަނުގެ ރައީސަށް ފޮނުވި ސިޓީއަކާބެހޭ ގޮތުން ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވުން.

ނިންމި ގޮތް:  މި މައްސަލައާ ގުޅުންހުރި ކޮންޓެންޓް ދިޓީވީއަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ލިބެން ނެތުމާއެކު މައްސަލަ ބެލެން ނެތްކަމަށް ނިންމައި، ނަމަވެސް ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ރައްކާކުރަން ލާޒިމްކުރާ 2 މަސްދުވަހުގެ މުއްދަތުގައި ދިޓީވީއިންް ކޮންޓެންޓް ރައްކާކޮށް ބަހައްޓާފައި ނުވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 4ގެ ދަށުން، އެކަން ތަކުރާރުވިޔަ ނުދިނުމަށް ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

16 ޖުލައި 2013