ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-5/2013)

September 10, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-5/2013)

ޝަކުވާ ނަމްބަރު: IM/CAC-5/2013

ޝަކުވާ ހުށެހެޅި ތާރީޙް:01 އޮގަސްޓް 2013

ހުލާސާ:  ދިޓީވީއިން ގެނެސްދޭ “ސަޅި ވާހަކަ” ޕްރޮގަރާމްގައި ފުލުހުންގެ ޔުނިފޯމް ހުއްދަ ނުހޯދައި ދައްކާކަމަށް ބުނެ ހުށަހެޅުން.

ނިންމި ގޮތް:  މައްސަލައާ އެކު ހުށަހެޅުނު ކޮންޓެންޓް ކަމުގައިވާ ދިޓީވީ އިން ފޮނުވި “ސަޅި ވާހަކަ” ޕްރޮގްރާމްތަކުގައި ބޭނުންކޮށްފައިވާ ފުލުހުންގެ ޔުނިފޯމްކަމަށް މައްސަލަ ހުށަހެޅި ފަރާތުން އިޝާރާތްކޮށްފައިވާ އެއްވެސް ޔުނިފޯމެއްގައި ފުލުހުން އާންމުކޮށް ބޭނުންކުރަމުންދާ ޔުނިފޯމްތަކުގައި ހަރުކޮށްފައި ހުންނަ ބެޖު ފެންނަން ނެތްކަމާއި، ފުލުހުންގެ ރަސްމީ ޔުނިފޯމް ހުންނަގޮތް ކަށަވަރުކުރުމަށް ފުލުހުންގެ ރަސްމީ ޔުނިފޯމާއި ބެހޭ ޤަވާއިދު އަދި ރަސްމީ ޔުނިފޯމްތަކުގެ ނަމޫނާ ފޮޓޯއެއް ފޮނުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން އެ ފަރާތުން ހުށަހެޅި ފުލުހުންގެ ޔުނީފޯމާބެހޭ ޤަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގައި، ފުލުހުންގެ ޔުނިފޯމް އަޅާއިރު ފުރިހަމަކުރުމަށް ލާޒިމްކުރާ ތަކެތީގެ ތެރޭގައި ބެޖް ހިމެނިފައި ވާކަމާއި، އަދި ހަމަ އެ ފަރާތުން ހުށަހެޅި ނަމޫނާ ފޮޓޯގައި ހިމެނޭ ކޮންމެ ޔުނިފޯމެއްގައިވެސް ފުލުހުންގެ ބެޖް ހަރުކޮށްފައި ހުރިކަން ފާހަގަކުރެވޭތީ، ދިޓީވީ އިން ފޮނުވި ޕްރޮގްރާމްގައި ބޭނުންކޮށްފައިވަނީ ފުލުހުންގެ ރަސްމީ ޔުނިފޯމްކަމަށް ބެލެވޭނޭ ޖާގައެއް ނެތުމުން، މައްސަލައާ ގުޅުންހުރި ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފް ކޮންޓެންޓެއް ކަމަށް ކަނޑައެޅެން ނެތްކަމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

10 ސެޕްޓެމްބަރ 2013