ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCADR-06/2012)

January 9, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCADR-06/2012)

ޝަކުވާ ނަމްބަރު: IMCADR-06/2012

ޝަކުވާ ހުށެހެޅި ތާރީޙް: 1 ސެޕްޓެމްބަރ 2012 ހުލާސާ: ވީޓީވީގެ 30 އޯގަސްޓް 2012ގެ 12:32ގައި ސުލޫކީ މިންގަނޑުގެ 2ވަނަ ހަމައާ ޚިލާފް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެހެން ލައިވް ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރުމަށް އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 4ގެ ދަށުން، އެކަން ތަކުރާރުވިޔަ ނުދިނުމަށް އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

09 ޖެނުއަރީ 2013