ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު

February 4, 2019

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު

ނަންބަރު: (NINMUN)427-LCM/PRIV/2019/1

މިއީ، 04 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ރޭ 21:53 އިން 23:03 އަށް، ޗެނަލް 13 އިން ‘އޮޅުވާލި ވޯޓު’ ގެ ނަމުގައި ޕިޕީއެމް އޮފީސް ސަރަހައްދުގައި ވަގުތުން ބްރޯޑްކާސްޓްކުރި ޙަރަކާތުގައި ވާހަކަ ދެއްކެވި ބޭފުޅާ، ދައްކާފައިވާ ވާހަކަތަށް ހިމެނޭ ކޮންޓެންޓާއި ގުޅޭގޮތުން ކޮމިޝަނުން ބެލި ނަންބަރުCAC-12/2018 ، CAC-13/2018، CAC-14/2018 އަދި CAC-15/2018 ބެލިއިރު، މައްސަލަ ނިންމުމުގައި 04 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ރޭ 21:53 އިން 23:03 އަށް، ޗެނަލް 13 އިން ‘އޮޅުވާލި ވޯޓު’ ގެ ނަމުގައި ޕިޕީއެމް އޮފީސް ސަރަހައްދުގައި ވަގުތުން ބްރޯޑްކާސްޓްކުރި ޙަރަކާތުގައި ހިމެނޭ ވާހަކަތައް ނިސްބަތްވާ ފަރާތަކީ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފުކަން ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަވެފައިވާތީ އާއި، އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްއަށް ނިސްބަތްކޮށް ބްރޯޑްކާސްޓްކޮށްފައިވާ އެކޮންޓެންޓްގެ ސަބަބުން އެފަރާތުގެ އަބުރާއި ޢިއްޒަތަށް އުނިކަން އަންނާނޭ ކަމަށް ފެނުނު ހިނދު، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރު (މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން) އާ ޚިލާފް ކޮންޓެންޓެއް ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛

މިއީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ޚިލާފުވި ތިންވަނަ ފަހަރުކަމުގައިވާތީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުނުވުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދެވޭ އިންޒާރެކެވެ.

04 ފެބްރުވަރީ 2019