ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވި އިސްމާޢީލް ސޮފްވާން އަދި ޙަސަން ނަބާޙު މަޤާމުން އިސްތިއުފާ ދެއްވައިފި

July 8, 2019

ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުން، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ޅ. ހިންނަވަރު، ފަހަލަ އިސްމަޢީލް ސޮފްވާން، 25 ޖޫން 2019 އިން ފެށިގެން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އެ ތާރީޚުން ފެށިގެން އިސްމާޢީލް ސޮފްވާން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުން ވަކިވެފައިވާކަމަށާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ވ. ވެރޯނިކާ، ޙަސަން ނަބާޙު، 30 ޖޫން 2019 އިން ފެށިގެން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އެ ތާރީޚުން ފެށިގެން ޙަސަން ނަބާޙު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުން ވަކިވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ކޮމިޝަނަށް މިއަދު ވަނީ އަންގަވާފައެވެ.