ވަޒީފާގެ ފުރުޞަތު – ކޮމްޕްލެއިންޓްސް އޮފިސަރ

January 22, 2018

ނަންބަރު:  (IUL)427-OPR/1/2018/2

 

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމު: ކޮމްޕްލެއިންޓްސް އޮފިސަރ

ގްރޭޑް : 1

ސެކްޝަން: ކޮމްޕްލެއިންޓްސް އެންޑް ލައިސަންސިންގ

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް، މޮނިޓަރިންގ އެންޑް ލައިސަންސިންގް

އަދަދު: 1

މުސާރަ: މަހަކު -/7,000 ރުފިޔާ

ލިވިންގް އެލަވަންސް: މަހަކު -/3,000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް : މަހަކު -/2,500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް: 

 • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
 • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

 • އިދާރީ، މީޑިއާ، ކޮމިއުނިކޭޝަން ނުވަތަ ކޮމްޕްލެއިންޓްސްއާ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލު ކޮށްފައިވުން ނުވަތަ މި ދާއިރާގައި 05 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
 • ދިވެހި އަދި އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބު ދިނުމުގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން؛
 • ކޮމިޝަނުން ބަލައި ނިންމާ ޝަކުވާތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ވެބްސައިޓުގައި ޝާއިޢުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުން.

ކޮމިޝަންގެ އެންޓްރީ ބެލެހެއްޓުން،

 • ސެކްޝަންގެ މަސައްކަތާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތަށް އިންތިޒާމު ކުރުމާއި ޔައުމިއްޔާ ލިޔުން.

ސިޓީ ފެކްސްކުރުމާއި، ކޮމިޝަނަށް އަންނަ ސިޓީ ސްކޭންކޮށް ޑިޕާޓްމަންޓްތަކަށް ފޮނުވުން،

 • ކޮމްޕްލެއިންޓްސް މެކޭނިޒަމާ އެއްގޮތަށް ޝަކުވާ ބެލުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިޔުން.
 • ޝަކުވާއާ ގުޅިގެން ބްރޯޑްކާސްޓަރުންގެ ފަރާތުން ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު ހޯދުމުގެ އިދާރީ ކަންކަން ކުރުން.
 • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
 • ކޮމިޝަންގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް:www.broadcom.org.mvއިން ލިބެން ހުންނާނެއެވެ.)

 

 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާއަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާއަސްލު )
 2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވިވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު)
 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

08 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ތަޢުލީމާއި ތަމްރީނު
 • މަސައްކަތުގެ ތަޖުރިބާ
 • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

 

އިންޓަވިއު ކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334317 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު: މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.

05 ޖުމާދަލްއޫލާ 1439

22  ޖަނަވަރީ 2018