ވަޒީފާގެ ފުރުޞަތު – ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް

August 22, 2021

                         ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް

ވަޒީފާގެ ފުރުޞަތު ނަންބަރު:   26(IUL)427-OPR/1/2021/
ތާރީޚް: 22 އޮގަސްޓް 2021
މަޤާމު ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް
ޢަދަދު 1  
މަސައްކަތްކުރަންޖެހޭ ތަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ ކްލެސިފިކޭޝަން:  ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް ގްރޭޑް 1
ސެކްޝަން ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް
އަސާސީ މުސާރަ: 11000/-  ރުފިޔާ
އެލަވަންސް:  

–          ނޮންޕްރެކްޓިސް އެލަވަންސް: -/3000 ރުފިޔާ

–          ލިވިންގ އެލަވަންސް:     -/2500 ރުފިޔާ

–          އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

–          މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

އަސާސީ ޝަރުޠު  

1.            ދާއިރާއާއި ގުޅޭ ފީލްޑަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވުން.

2.            ދިވެހި  އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން.

3.            ދާއިރާގައި މަސައްކަތްކުރުމުގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4.            މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް     ފަރުވާބަހައްޓާ މީހަކަށްވުން.

5.            މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

 

އެހެނިހެން ޝަރުޠު  

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް  

1.      ކޮމިޝަންގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮމިޝަނަށް އެހީތެރިވެދިނުން.

2.      ކޮމިޝަންގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ރާވައި އެސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލުން.

3.      ކޮމިޝަންގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުންހުރި ޕްރޮޖެކްޓްތައް ލިޔެ ޕްރޮޕޯޒަލްތައް ތައްޔާރުކުރުން.

4.      ކޮމިޝަންގެ މަސައްކަތްތަކާއި ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ރާވައި ކޮމިޝަންގެ އިރުޝާދުގެ ދަށުން އެމަޝްރޫޢުތައް ހިންގާ ބެލެހެއްޓުން.

5.      ޑިޕާޓްމަންޓުން އެކުލަވާލާ ޕޮލިސީ/ކޮންސެޕްޓް ޕޭޕަރ، ބްރީފް ފަދަ ޑޮކިޔުމެންޓްތައް ތައްޔާރު ކުރުން.

6.      ބްރޯޑްކާސްޓިންގ އާއި ގުޅުހުރި ޓެކްނިކަލް ދާއިރާތަކުން ކޮމިޝަނަށް އެވަގުތަކަށް ބޭނުންވާ ލަފާދިނުން.

7.      ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

 

ތަޢުލީމީ ރޮނގު      ބިޒްނަސް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނެޖްމެންޓާއި ގުޅުންހުރި ދާއިރާއަކުން މަތީތަޢުލީމު ޙާސިލްކޮށްފައިވުން
ހުށަހަޅަންޖެހޭ ތަކެތި

 

 

 

1.      ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)

2.      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3.      ވަޒީފާއަށް ހޮވޭފަރާތުން (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީއެއް ހުށަހެޅުން)

4.      ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.

5.      ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

6.      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

7.      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)

 

ސުންގަޑި 05  ސެޕްޓެންބަރ  2021 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު

 

 

 

–          މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.

–          މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317 / 3334333

–          އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،     ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.

–          އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  info@broadcom.org.mv

–          ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

–          އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
ކޮންޕިޓަންސީ ދާއިރާ މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
ތަޢުލީމާއި ތަމްރީން 35%
މަސައްކަތުގެ ތަޖްރިބާ 20%
އިންޓަވިއު 45%
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް  

–          ބްރޯޑްކާސްޓިންގެ ޓެކްނިކަލް ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުން.

–          ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

–          އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

–          ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.

–          މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.

–          މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

–          ކޮމިޝަނުގެ ހިންގާ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ އަދި މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

–          އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

–          ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.