އެއްވުމުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ޤަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ނޫސްވެރިން އެކްރެޑިޓްކޮށްފި

May 9, 2013

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލުމަށް ލާޒިމްކޮށްފައިވާ “އެއްވުމާ ގުޅޭގޮތުން ޚަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެޤަވާއިދު” ގެ ދަށުން ފުރަތަމަ އެކްރެޑިޓޭޝަން ކާޑު ކޮމިޝަނުން މިއަދު ދޫކޮށްފިއެވެ.

މިގޮތުން މިއަދު ކޮމިޝަނުން އެކްރެޑިޓްކޮށްދީފައިވަނީ  ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރެއް ކަމަށްވާ ޓެކްނޯ މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ތިން ނޫސްވެރިއެކެވެ.

އެއްވުމާ ގުޅޭގޮތުން ޚަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ޤަވާއިދު އަކީ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާ އެކު، ސުލްހަވެރިކަމާއެކުއެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުމަށް ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ޤަވާއިދެކެވެ. މި ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ 14 އޭޕްރިލް 2013 ގައެވެ.