ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ޢަމަލުނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

April 20, 2017

                                                                                                            ސަރކިއުލަރ

ނަންބަރު:427-LCM/CIR/2017/7

    ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް

 

2017 މެއި 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތައް ހުރަސްއެޅޭ ފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަންގެ ހުއްދަނެތި އިންތިހާބީ މަރުކަޒުގެ ތެރެއަށް ވަދެ އެތަނުގެ ތެރޭގައި ފޮޓޯއާއި މަންޒަރު ރެކޯޑުކޮށް، ސިޔާސީ އެކި ފަރާތްތަކާއި އިންޓަވިއުކުރުން ފަދަ ކަންކަން ބައެއް ބްރޯޑްކާސްޓަރުން ކުރަމުންދާކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބެމުންދާތީ ދަންނަވަމެވެ.

މިފަދަ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވިދާ ފަދަ ކަންކަމަށް ވާތީ މިފަދަ އަމަލުތަކުން ދުރުވެތިބުމަށް ނަސޭހަތްތެރިވަމެވެ. ހަމަ އެހެންމެ، އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” ގެ އިމުގެ ތެރެއިން  މަސައްކަތް ކުރުމަށް ސަމާލުކަން ދެއްވުމަށް  ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

 20 އެޕްރީލް 2017