މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކުރުމަށް ކޮމިޝަނުން ނިންމައިފި

March 25, 2019

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް ދެއްވުމަށާއި ފިރިހެން މުވައްޒަފުގެ އަނބިމީހާ ވިހާ ދުވަހުން ފެށިގެން ފިރިހެން މުވައްޒަފަށް 1 މަސްދުވަހުގެ ޗުއްޓީއެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، މި ޗުއްޓީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ އުސޫލުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުންނަށް ވެސް މިއަދުން ފެށިގެން ދިނުމަށް ކޮމިޝަނުން ނިންމައިފިއެވެ.

މި ނިންމުމާ ގުޅިގެން، މިއަދާ ހަމައަށް ކޮމިޝަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ތެރެއިން ދަރިފުޅަށް 6 މަސް ނުވާ އަންހެން މުވައްޒަފުންނަށާއި އަދި ދަރިފުޅަށް 7 މަސް ނުވާ ފިރިހެން މުވައްޒަފުންނަށް ބާކީ އޮތް ދުވަސްތަކަށް ބަލައި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ އާއި އަނބިމީހާ ވިހެއުމުން ދެވޭ ޗުއްޓީ ހަމަޖައްސައި ދެވޭނެއެވެ.

 

 

25 މާރިޗު 2019