ޚަބަރު


ކޮމިޝަނުގެ ވަފުދެއް ޗައިނާ އަށް ފުރާވަޑައިގެންފި

November 7, 2016

ޗައިނާގެ ބްރޯޑްކާސްޓިންގ އާއި މީޑިއާގެ ސިނާއަތް ތަރައްޤީވަމުން އަންނަ ގޮތާއި ޓެކްނޮލޮޖީގެ ރަސްމަގުގައި ހޯދައިފައިވާ ކުރިއެރުމުގެ ފައިދާ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ގެނެވޭނެ ގޮތްތައް ހޯދުމަށް ޗައިނާގެ މީޑިއާގެ އިސް މަސްއޫލުވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްޓަކައި، ޗައިނާ ސަރުކާރުގެ ދައުވަތަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިސް ވަފްދެއް ޗައިނާގެ ވެރިރަށް ބޭޖިންގ އަށް ފުރާވަޑައިގެންފިއެވެ.

ދިވެހިބަހަށް އިސްކަންދިނުމުގެ ގަވާއިދާ ބެހޭ މަޢުލޫމާތު ދިވެހިބަހުގެ އެކެޑަމީން ކޮމިޝަނަށް ދެއްވައިފި

October 20, 2016

ޤާނޫނު ނަންބަރު 2011/09 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ދިވެހިބަހަށް އިސްކަންދިނުމުގެ ގަވާއިދަށް ދައުލަތުގެ މުއައްސަސާތައް އަހުލުވެރިކުރުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ މިއަދު ދިވެހިބަހުގެ އެކެޑަމީން ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވައިފިއެވެ.

އެޗް.ޑީ އަދި އެސް.ޑީ ޗެނެލްތަކަށް ރައިޑިންގ ފީއެއްގެ ގޮތުގައި ނެގޭނީ އެއް އަގެއް ކަމުގައި ކޮމިޝަނުން ކަނޑައަޅައިފި

October 19, 2016

ރީބްރޯޑްކާސްޓިންގ ނެޓްވަކްތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޗެނެލްތައް އެސް.ޑީ އަދި އެޗް.ޑީ ފޯރމެޓުގައި ދެއްކުމަށް ބްރޯޑްކާސްޓަރުންގެ އަތުން ނެގޭ ރައިޑިންގ ފީ އަކީ އެއް އަގެއް ކަމުގައި ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފި

October 18, 2016

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒިޔާރަތްކުރައްވާ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ ގޮތާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކޮމިޝަނުން މީޑީއާނެޓާ ބައްދަލުކޮށްފި

October 16, 2016

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ މީޑިއާނެޓާ އެކު ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.