ޚަބަރު


ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ ގޮތާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކޮމިޝަނުން ދެ ރީބްރޯޑްކާސްޓަރަކާ ބައްދަލުކޮށްފި

October 13, 2016

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑާ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.

ޕީއެސްއެމްގެ ރީބްރޯޑްކާސްޓިންގ ޕްރޮޖެކްޓް ކުރިއަށްދާގޮތާ ބެހޭ މަޢުލޫމާތު ކޮމިޝަނުން ހޯދައިފި

October 12, 2016

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ޕަބްލިކް ސަރވިސް މީޑިއާ އާ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.

މިލާދީ އައު އަހަރުގެ ތަހުނިޔާ ކޮމިޝަނުން ފޮނުވައިފި

January 1, 2016

މި ފެށޭ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ހުރިހާ ބްރޯޑްކާސްޓަރުންނަށާއި އެންމެހައި ބެލުންތެރީންނަށާއި އެހުންތެރީންނަށް ހެޔޮއެދުމާއި ތަހުނިޔާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވައިފިއެވެ. ތިރީގައި މިވަނީ މި މުނާސަބަތުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ނެރުއްވި މެސެޖެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި

December 29, 2015

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

ގަވާއިދުން ފްރީކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އަހަރީ ފީ ދެއްކުމަށް ކޮމިޝަނުން އަންގައިފި

December 22, 2015

ގަވާއިދުން ފްރީކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އެ ފައިސާ ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.