ޚަބަރު


ކޮމަންވެލްތްގެ އޮބްޒާވަރުންގެ ޓީމު ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެވަނަ ފަހަރަށް ބައްދަލުކޮށްފި

September 30, 2013

ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތް އޮބްޒާވަރުންގެ ވަފުދުގެ ދައުވަތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެވަނަ ފަހަރަށް އެ ވަފުދާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްފިއެވެ.

ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފަހައްޓާނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފި

September 27, 2013

ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށްފަހު ލައިސަންސް ބާތިލްކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފި އެވެ.

ބައެއް މުވައްސަސާތަކުގެ ވެރިންގެ ފޮޓޯ ޗެނަލްތަކުން ދައްކާ މައްސަލަ ކޮމިޝަނުން ބަލައި ނިމެންދެން މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އަންގައިފި

September 26, 2013

ބައެއް މުވައްސަސާތަކުގެ ވެރިންގެ ފޮޓޯ، ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަނީ އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބި، ޤައުމުގެ މަސްލަހަތު ގެއްލެމުންދާ ގޮތަށް ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އެ މައްސަލަތައް ކޮމިޝަނުން ބަލައި ނިމެންދެން މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.

“އަންދަލުސް” ދަރުސްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ނުހިމެނޭ ކަމަށް ކޮމިޝަނުން ނިންމަވައިފި

September 24, 2013

ޖަމީޢަތުއް ސަލަފުން ބޭއްވި “އަންދަލުސް” ދަރުސްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ނުހިމެނޭ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމަވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފި އެވެ.

ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި

September 16, 2013

ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވަމުންދާ މިފަދަ ދަނޑިވަޅެއްގައި، އެއްވެސް ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.