ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-11/2018)

February 4, 2019

މިއީ، ޗެނަލް 13 އިން ގެނެސްދިން “އޮޅުވާލި ވޯޓު” ޕްރޮގްރާމްގައި 5 އޮކްޓޫބަރު 2018 ދުވަހުގެ 21:40 ގައި، ވޯޓު ވަގަށް ނެގިކަމަށާއި ބޮޑު ވަގު ޝަރީފު ކަމަށް ބުނެ، އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ޞައްޙަނޫން އަދި ސާބިތުނުހިފޭ ދޮގު މަޢުލޫމާތު ފަތުރައި، އެ ބޭފުޅާގެ ޤަދަރާއި ޢިއްޒަތަށް އުނިކަން ލިބޭގޮތަށް، ރައްޔިތުންގެ ކުރިމަތީގައި މުޚާތަބުކޮށް ދައްކާފައިވާ ވާހަކަތައް ވަގުތުން ޓެލެކާސްޓްކޮށްފައިވާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-08/2018)

November 29, 2018

މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޅ.ކުރެންދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-25/2018)

November 15, 2018

ޝަކުވާ ނަމްބަރު: CAC-25/2018   ޝަކުވާ ހުށެހެޅި ތާރީޙް: 04 ނޮވެންބަރު 2018 ހުލާސާ:  މިއީ، 2018 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެޓީވީ އިން ގެނެސްދީފައިވާ “ފަށާއިރު” ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ، ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމަތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަމަށް ފާހަކުރެވިފައިވާކަމާއި، މިފަދަ ޢަމަލުތަކަކީ […]

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2018)

November 14, 2018

ޝަކުވާ ނަންބަރު: IMCAC-04/2018 ޝަކުވާ ހުށަހެޅި ތާރީޙް: 23 އެޕްރީލް 2018 ހުލާސާ: މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.   ނިންމި ގޮތް: ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދެވިފައިވާކަމާއި؛ މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް […]

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-17/2018)

October 28, 2018

ޝަކުވާ ނަންބަރު: IMCAC-17/2018 ޝަކުވާ ހުށަހެޅި ތާރީޙް: 09 މެއި 2018 ހުލާސާ: މިއީ، ދިރާގު ޓީވީގެ ޗެނަލް ނަންބަރު 108 އިން އިންޑިއާގައި ކުރިއަށްދާ އައި.ޕީ.އެލް މެޗުތައް ދައްކަމުންދާ ކަމަށާއި، އެ މެޗުތައް ދައްކަނީ ކޮން ޗެނަލެއް މެދުވެރިކޮށް ކަން އެނގެން ނެތްކަމަށާއި، އެއީ ދިރާގުޓީވީ އިން އަމިއްލަ ޗެނަލަކުން ބްރޯޑްކާސްޓްކުރަނީ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ. ނިންމި ގޮތް: ދިރާގު ޓީވީގެ ޗެނަލް ނަންބަރު 108 އިން އިންޑިއާގައި ކުރިއަށްދާ އައި.ޕީ.އެލް މެޗުތައް […]