ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-19/2017)

June 24, 2018

ހުލާސާ: މިއީ، އެކްސް ޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 11 (އެގާރަ) ރިސޯޓް (1. ސިނަމަން ދޮންވެލި މޯލްޑިވްސް، 2. ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް، 3. އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން، 4. އަންނަތަރަ ރިސޯޓް އެންޑް ސްޕާރ، 5. މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާރ، 6. ކްލަބް މެޑް ކަނި މޯލްޑިވްސް، 7. އޮޅުވެލި ބީޗް އެންޑް ސްޕާރ މޯލްޑިވްސް، 8. ދަ ސަން ސިޔާމް އިރުފުށި، 9. ސަން އެކުވާ ވިލުރީފް، 10. އަނަންތަރަ ވެލި މޯލްޑިވްސް ރިސޯޓް، 11. ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް) ގައި ރައިޓްސް ނެތް ޗެނަލްތައް ފޯރުކޮށްދެމުން ދާކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2018)

June 21, 2018

މިއީ، ކޮމިޝަނުން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް ފާސްކޮށްދީފައިވާ ‘ހިޓްސް’ ޕެކޭޖާއި، މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ‘ހިޓްސް’ ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-15/2018)

June 5, 2018

މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ގދ. ފަރެސްމާތޮޑާގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2018)

May 14, 2018

މިއީ، ހޯރަފުށި ބިޒްނެޓް ކޭބަލް ޓީވީއަށް މީޑިއާނެޓް ޑީކޯޑަރުން ދައްކާ ޗެނަލްތަކާއި ވައިލެސްކޮށް ހއ. އިހަވަންދޫ ކޭބަލް ޓީވީގެ ސެޓްލިންކް ޑީކޯޑަރުގެ 80 ޗެނަލް ވެސް ބޭނުންކުރަމުން ދާތާ އެތައްދުވަހެއް ވެއްޖެކަމަށާއި، ހޯރަފުށީގައި މިޗެނަލްތައް ސެޓްލިންކުން ދައްކާތީ ސެޓްލިންކްގެ އިސްފަރާތްތަކަށާއި މީޑިއާނެޓްގެ އިސްވެރިންނަށްވެސް މި ޝަކުވާ ކޮށްފައިކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-04/2018)

May 8, 2018

މިއީ ދ. ކުޑަހުވަދޫގައި ޑިޝް ޓީވީ، އެއާރ ޓެލް އަދި ވީޑިއޯކޮން މެދުވެރިކޮށް ޣަފޫރު ކެވެލި ކޭބަލް ނެޓުން ލައިސަންސެއް ނެތި، ފްރީ ޗެނަލްތަކެއް ރީބްރޯޑްކާސްޓްކުރަމުން ދާ ކަމަށް ބުނެ، 28 މާރިޗު 2018 ގައި ހުށަހަޅައިފައިވާ މައްސަލައެކެވެ.