ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-24/2017)

February 22, 2018

މިއީ، ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގައި، މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމާއި، ރައިޓްސް ނެތް ޗެނަލް ފޯރުކޮށްދެމުންދާކަމުގެ ހެކި ފޯމާއެކު ހިމަނާފައިވާނެ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2018)

February 20, 2018

މިއީ، އާ އަހަރު ފާހަގަކުރުމުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އައި.ޓީ.ޑީ.ސީ އިން އިންތިޒާމުކޮށްގެން ބޭއްވި އާ އަހަރު ފާހަގަ ކުރުމުގެ ހަފްލާ ފަބްލިކް ސަރވިސް މިޑިއާގެ ޓީ.ވީ.އެމް ޗެނަލްއިން ލައިވްކުރެވިފައި ވާކަމާއި، މި ޕްރޮގްރާމް ލައިވް ކުރަމުން ދިޔައިރު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (16/2010) އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ދީނީ ގޮތުންނާއި އިޖްތިމާއީ މިންގަޑާއި ޚިލާފަށް ކޮންޓެންޓް ފޮނުވާފައިވާ ކަމަށްބުނެ މިކަން ތަޙުޤީޤުކޮށްދެއްވާ އެ ސްޓޭޝަނާއި މެދު ފިޔަވަޅު އަޅުއްވައިދެއްވުން އެދި މި ކޮމިޝަނަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-23/2017

January 31, 2018

މިއީ، ޅ. އޮޅުވެލިފުށީގައި ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ބޭނުންކޮށްގެން ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-21/2017)

January 31, 2018

މިއީ، ބ. ހިތާދޫ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުން ދާ 30 (ތިރީސް) ޗެނަލް އަކީ އެއްވެސް ޗެނަލް ރައިޓްސް އެއް ނެތި ދޫކުރާ ޗެނަލްތަކެއް ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-25/2017)

January 21, 2018

މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ޗެނަލްގެ ވެރިފަރާތުގެ ހުއްދަނެތި ޗެނަލް ދައްކާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލަ