ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-7/2017)

December 26, 2017

މިއީ، ހދ. ނޮޅިވަރަންފަރުގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ދެއްވާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-18/2017)

November 15, 2017

މިއީ، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފައިވާ ޗެނަލްތައް (ޓީ.ވީ.އެމް، ރާއްޖެ ޓީވީ، ޗެނަލް 13، ސަންގު ޓީވީ) ކަމަށް ބުނެ މި ޗެނަލްތަކުގެ އިތުރުން ސަން ޓީވީ، ސްޓަރ ޕްލަސް ސޮނީ، ޒީ ޓީވީ، ބުމަރެންގް، ޔެސް ޓީވީ، ސްޓަރ ގޯލްޑް، ސޮނީ އީ.އެސް.ޕީ.އެން، ލައިފް އޯކޭ، މި ޗެނަލްތައް ދަނީ ދޫކުރަމުންކަމަށާއި، މިކަމަށް ހައްލެއް ހޯދައިދެއްވުން އެދި ހުށަހަޅައިފައިވާ މައްސަލަ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-15/2017)

November 8, 2017

މިއީ، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި އަދި އެ ކުންފުނިން ޚިދުމަތް ދޭ އެހެން ރަށްރަށުގައިވެސް “ބަޑީސް މީޑިއާ” ގެ ނަމުގައި އައިޕީޓީވީގެ ޚިދުމަތް ދެމުންދާކަމާއި، އެ ގޮތުގެ މަތިން މިވަގުތު ދިވެހި 5 (ފަހެއް) ޗެނަލްގެ އިތުރުން ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓް ކުރަމުންދާކަން ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-12/2017)

November 8, 2017

މިއީ، ށ. މިލަންދޫ އައިލެންޑް ޕިކްޗަރސް އިން ށ. މިލަންދޫގައި ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ބޭނުންކުރާ ހުރިހާ ބޭރު ޗެނަލްތަކަކީ، ޗެނަލްތަކުގެ ވެރިފަރާތުގެ ހުއްދަނެތި ދޫކުރާ ޗެނަލްތަކަކަށް ވުމާއެކު އެކަން ބަލާދިނުމަށާއި،      ށ. މިލަންދޫ އައިލެންޑް ޕިކްޗަރސް އިން އެއް ޗެނަލް ށ. މިލަންދޫއަށް ބްރޯޑްކާސްޓްކުރާތީ، އެމީހުން އެކަން ކުރަނީ ހުއްދަ ނަގައިގެންތޯ ބަލާ ދެއްވުމަށް އަދި ބައެއް ޗެނަލްތަކުގެ މައްޗަށް އެމީހުން ބޭނުންވާ ލިޔުންތައް އަރުވަނީ ވިޔަފާރި އުސޫލުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-08/2017)

November 8, 2017

މިއީ، ރ. މީދޫ ފައިން މީޑިއާއިން ޑީކޯޑަރު ބަހައްޓަންކަމަށް ބުނެ ރަށުގެ ހުރިހާ ހިސާބަކުން ޓީވީގެ ޚިދުމަތް ކަނޑާލާފައިވުމާއި، މިކަމަށް އެއްވެސް މުއްދަތެއްނުދީ މިކަން ކުރުމުން ރައްޔިތުންގެ ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.