ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-17/2017)

October 22, 2017

މިއީ، ވީޓީވީ އިން 24 އޮގަސްޓު 2017 ގެ ހަވީރު ގެނެސްދިން ‘އަވަސް ޚަބަރު’ ޕްރޮގްރާމުގައި ޤާސިމް އިބްރާހިމްގެ ފުރާނަފުޅު ގެއްލުވާލުމަށް ދައުލަތުން މަސައްކަތް ކުރާކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ އެސް.ޖީ ދެއްވާފައިވާ އިންޓަރވިއުގައި ކޯޓުތައް ކޮންޓްރޯލް ކުރަމުން ދަނީ ރައީސް ޔާމިންކަމާއި، އަނިޔާވެރިކޮށް ކަންކުރާކަމަށް ދައުލަތަށް ތުހުމަތުކޮށް ދައުލަތުން އެ މަނިކުފާނާ ދޭތެރޭ ދަށު ދަރަޖައިގެ ކަންތައް ކުރާ ކަމަށާއި ސިޔާސީ ވިސްނުންތަކުގައި ޙުކުމް ކުރަމުންދާ ކަމަށާއި ދިވެހިރައްޔިތުން މިކަންކަން ހުއްޓުވަން ޖެހޭކަމަށް ގޮވާލާފައިވާތީ، މި ކޮންޓެންޓަކީ ޤައުމުގެ އަމަން އަމާންކަމާއި ސިޔާދަތު ގެއްލޭފަދަ ކޮންޓެންޓެއްކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-14/2017)

October 8, 2017

މިއީ، 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް ކަން ފާހަގަކޮށް، މައްސަލަ ބަލައިދެއްވުން އެދި މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-11/2017)

September 28, 2017

މިއީ، އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ހުއްދަ ނެތި ބޭރުގެ ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-04/2017)

September 13, 2017

މިއީ، 4 އެޕްރީލް 2017ގައި ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޗެނަލް13 އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-05/2017)

August 23, 2017

މިއީ، ހއ.ކެލާގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.