ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-91/2016)

January 5, 2017

މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުންގޫދޫގައި ދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ރައިޓްސް ލިބިފައިނުވާ ޗެނަލްތައް ބޭނުންކޮށްގެން ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-4/2016)

January 4, 2017

މިއީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާ ގުޅޭގޮތުން 30 ޖުލައި 2016 ވަނަ ދުވަހު ރޭ 20:00 އިން 21:00އަށް ރާއްޖެ ޓީވީއިން ގެނެސްދިން ޚަބަރުގައި ޔަޒީދު މުޙައްމަދުގެ ބަހެއް ގެނެސްދީފައި ނުވާކަމަށް ފާހަގަ ކުރެވޭތީ އާއި ހަގީގަތާ ޚިލާފު މަޢުލޫމާތު ގެނެސްދީފައިވާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފާވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-86/2016)

December 25, 2016

މިއީ، ށ. ކަނޑިތީމު ކައުންސިލްގެ ފަރާތުން ކަނޑިތީމުގައި ކޭބަލް ޓީވީ ޚިދުމަތް ދެމުންގެންދާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-3/2016)

November 29, 2016

މިއީ، ޓީ.ވީ.އެމް އިން 11 އޮގަސްޓް 2016 ވަނަ ދުވަހުގެ ރޭ 20:00 އާ 21:00އާ ދެމެދުގެ ވަގުތެއްގައި ގެނެސްދިން ޚަބަރެއްގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ އަބުރާ ބެހިފައިވާކަމަށާއި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަބުރާ ބެހިފައިވާކަމަށް ކޮމިޝަންގެ ސަމާލްކަމަށް އައިސްފާވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަަކުވާ ނިންމި ގޮތުގެ ބަޔާން (CAC-50/2016)

November 22, 2016

މިއީ، 17 އޭޕްރީލް 2016ގެ 12:00 ން 2:00އަށް ހުއްދަ ނެތި ހިންދީ ފިލްމު (ފޭން) ދިއެކްސްޓްރާއިން ދެއްކިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.