ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-07/2015)

October 20, 2015

މިއީ، އެމް.ޑީ.ޕީ ހަރުގޭގައި ބާއްވާ ޖަލްސާތަކާއި ހަރަކާތްތައް ލައިވްކޮށް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ހަމައެކަނި ރާއްޖެ ޓީވީއަށް ލިބިފައިވަނިކޮށް ސަންގު ޓީވީ އިން އެމް.ޑީ.ޕީ ހަރުގޭގެ ހަރަކާތްތައް ލައިވްކުރާކަމަށް ބުނެ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލަ

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-06/2015)

October 13, 2015

މިއީ، އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތަކުގެ ލައިވް ކަވަރޭޖް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ހަމައެކަނި ރާއްޖެ ޓީވީއަށް ދީފައިވާކަމަށް ބުނެ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލަ

ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-01/2014)

August 19, 2015

މިއީ، ލިސްޓެޑް އިވެންޓެއް ކަމަށްވާ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް މީޑިއާނެޓް އިން ޤަވާއިދާ ޚިލާފަށް ބްރޯޑްކާސްޓް/ރީބްރޯޑްކާސްޓް ކޮށްފައިވާތީ މިކަމާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-13/2015)

May 21, 2015

މިއީ، މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ޙާޟިރުކުރެވުނު މީހުންގެ ތެރެއިން ސ. ހިތަދޫ ލިއޯން އަނީލް މުފީދުގެ ބަންދަށް 15 ދުވަސް ކޯޓުންޖަހައި ދިނުމުން އޭނާ ޤާޟީއަށް މުޙާތަބުކޮށް “ޝުކުރިއްޔާ” މިގޮތަށް ދެންނެވުމުން އެއީ ކޯޓުގެ ޙުރުމަތް ކެނޑީކަމަށް ބަލައި ހަމަ ވަގުތުން ޤާޟީ ވަނީ އަނީލް މުފީދު 6 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފަކަމަށް ވީޓީވީ އިން ވަނީ 2 މޭ 2015 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:00ގެ ޚަބަރުގައި ގެނެސްދީފައިކަމަށާއި، ވީޓީވީ އިން ގެނެސްދިން މި ޚަބަރަކީ ކަނޑައެޅިގެން ޝަރުޢީ ކޯޓުތަކާއި ފަޑިޔާރުންނަށް އާންމު މީހުންގެ ނަފްރަތު ނުވަތަ ރުޅިވެރިކަން އިތުރުކުރުމަށް ފަތުރާފައިވާ ޚަބަރެއްކަމަށާއި، ސަބަބަކީ ކްރިމިނަލް ކޯޓުން ކުރެވިފައިވާ ޙުކުމާއި ރާއްޖޭގެ އޮންލައިން މީޑިއާތަކާއި ޓީވީ ރޭޑިއޯތަކުން މި ޚަބަރު ގެނެސްދީފައިވާގޮތާއި ވީޓީވީ އާއި ވީއެފެއެމް އިން ގެނެސްދީފައިވާ ގޮތާއި ތަފާތުތަކެއް ހުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-01/2015)

April 22, 2015

މިއީ، 2015 މާރިޗު 8 ވަނަ ދުވަހުގެ ރޭ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކްރިމިނަލް ކޯޓުގެ ޢާޒީއަކު ކެފޭއެއްގައި ތިއްބަވަނިކޮށް ރާއްޖެޓީވީގެ ނޫސްވެރިން ނަގާފައިވާ ވީޑިއޯ ގަދަކަމުން ފޮހެލިކަމަށް ބުނެ މީޑިއާގައި ފެތުރުނު ޚަބަރަކާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެކެވެ.