ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (SP/COM-3/2014)

January 28, 2015

ބްރޯޑްކާސްޓް ޗެނަލްތައް ރައިޑްކުރުމަށް މީޑިއާނެޓް އިން ތަފާތު އަގު ނަގާކަމަށް ބުނެ ޝަކުވާ ލިބިފައިވާތީއާއި މީޑިއާނެޓްގެ ނެޓްވާރކްގައި ރައިޑްކުރާ ދިވެހި ޗެނަލްތަކުން އަގުފާސްނުކޮށް ފީނަގާފައިވާތީ މިކަމާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CADR-12/2012)

September 16, 2014

މިއީ، ގދ. ތިނަދޫގައި ޓީޓީވީގެ ނަމުގައި ޓެސްޓް ބްރޯޑްކާސްޓިންގ ސިގްނަލް ފޮނުވަމުންދާތީ، މިކަމަކީ ލައިސަންސް ނެތި ދޭ ޚިދުމަތެއްކަން ފާހަގަކުރެވި މި މައްސަލަ ބަލައިދިނުމަށް އެދި.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-21/2014)

August 26, 2014

މިއީ، ރާއްޖެ ޓީވީގެ 20 ޖޫން 2014ވަނަ ދުވަހުގެ ހަވީރު 4ގެ ޚަބަރާއި 8 ގެ ޚަބަރު އަދި 21 ވަނަ ދުވަހުގެ ރޭގެ 8ގެ ޚަބަރުގައި ދީނީ އިލްމުވެރިންނާއި ކުރީގެ ވެރިންނާ ބެހޭގޮތުން ހަޤީގަތް އޮޅޭގޮތަށް ފިތުނަ އުފެދޭގޮތަށް ޙަބަރު ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-23/2014)

August 12, 2014

މިއީ، މީޑިއާނެޓްގެ ނެޓްވާރކްގައި ހިމެނޭ ” ޓްރޭސް ޓީވީ” ޗެނަލުން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭ މަންޒަރުތައް ދައްކާކަމަށް ބުނެ ހުށަހާޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-20/2014)

August 12, 2014

މިއީ، ޗެނަލް 13 އިން، 14 ޖޫން 2014 ވަނަ ދުވަހުގެ ރޭ ފޮނުވި ޚަބަރެއްގައި، އިޙްސާން އަހްމަދު ނަސީރުގެ އަބުރު ގެއްލުވާލުމުގެ މަގުސަދުގައި، އެ ފަރާތުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާ އެ ފަރާތް ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ތަކުރާރުކޮށް ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.