ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2014)

August 4, 2014

މިއީ، ދިއެފްއެމް ޕްލަސްއިން 4 ޖޫން 2014 ވީ ބުދަދުވަހުން ފެށިގެން މުޙައްމަދު ނަދީމް، މއ.ކަނބޯގެ އާބެހޭ ގޮތުން ތިރީ ބާއަށް ދޮގު މަޢުލޫމާތު އަރުވަމުން ދާކަމަށް ބުނެ ހުށަހާޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-07/2014)

June 17, 2014

މިއީ، ދި އެފް އެމް ޕްލަސްއަށް ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް އިންޒާރު ދީފައިވަނިކޮށް 15 އެޕްރީލް 2014 ގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ ފޮޓޯ އެކޮޅުކޮޅުންޖަހައިގެން ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށްބުނެ ހުށަހާޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2014)

May 25, 2014

މިއީ، ޗެނަލް 13 އިން ބޭއްވި އޭދަފުށި ދާއިރާގެ މަޖިލިސް ބަހުސްގައި ބައިވެރިވުމަށް އަލްއުސްތާޛާ ޙިސާން ޙުސައިންއަށް ދަޢުވަތު ނުދީ، އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ އަލްއުސްތާޛާ ޙިސާން ޙުސައިން ފިނޑިކަމުން ރައްޔިތުންނާ މިނިވަން ބަހުސްގައި ބައިވެރިވުމަށް ނުކެރި ތަނާޒުލްވީކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރައި އަބުރަށް ހުތުރުވާގޮތަށް މަޢުލޫމާތު ފަތުރައި ސިޔާސީގޮތުން ވަކި ފަރާތަކަށް ފައިދާވާގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-06/2014)

May 25, 2014

މިއީ، ދި.އެފް.އެމް ޕްލަސްއިން 3 މާރިޗް 2014ވަނަ ދުވަހު ހ.ރަންރިނބުދޫގޭ އަހްމަދު ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ފެންނަ ގޮތަށް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2014)

May 22, 2014

މިއީ، 03/05/2014 ވަނަ ދުވަހުގެ ރޭ 20:00 ގެ ޚަބަރު ގައި ރާއްޖެ ޓީވީން ފޮނުވި ޚަބަރުގައި ރާއްޖޭގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ތަކުން ދެކޮޅު ހަދާކަމަށްބުނެ ގެނެސްދީފައިވާ ޚަބަރުގެ ސަބަބުން ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ދެކޮޅު ހަދާ ބަޔަކަށް ހިތްވަރު ލިބޭގޮތަށް ޚަބަރު ފޮނުވާފައިވާކަމަށާ އަދި އިސްލާމްދީނުގައި ވަކިކަމެއް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގައި އޭގެ އިނދިކޮޅު ހަދާކަން ދޭހަވާ ގޮތަށް ޚާއްސަކޮށް އިސްލާމި އުސޫލުތަކާ ޚިލާފަށް ޚަބަރު ގެނެސްދީފައިވާކަމާއި ދީނީ ޢިލްމުވެރިއެއްގެ ބަސް ހިމަނާފައިނުވާކަމާއި، ރާއްޖެ ޓީވީގެ ޚަބަރުތަކާއި ޕްރޮގްރާމްތައް ފޮނުވުމުގައި ވަކި ފަރާތަކަށް ބުރަވެފައިވުމާއި، ސަރުކާރާއި ރައްޔިތުން ޖެހޭގޮތަށް އިސްލާމީ އުސޫލުތަކާ ޚިލާފަށް ޚަބަރުތަކާއި ޕްރޮގްރާމްތައް ގެނެސްދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.