ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-04/2014)

April 20, 2014

މިއީ، ދިޓީވީ އިން 3 އަދި 4 މާރިޗް 2014ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ހ.ރަންރިނބުދޫގޭ އަހްމަދު ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ފެންނަ ގޮތަށް ޓެލެކާސްޓް ކުރަމުންދާކަމަށާއި، އަދި ނިއުސްފީޑް ބާގެ އެއްފަރާތުގައި ފޮޓޯ އެކޮޅުކޮޅުން ޖެހުމުގެ އިތުރުން ނިއުސްފީޑަށް އަރުވަމުންގެންދިއަ ޚަބަރުގައި ވައްކަމުގެ ތުހުމަތު އަޅުވައި ޓެކްސްޓެއް ގެނެސްދީފައިވާކަމަށް އަދި ޝަކުވާހުށަހެޅި ފަރާތުގެ އަގު ރައްޔިތުންގެ ކުރިމަތީ ވައްޓާލާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-05/2014)

April 15, 2014

މިއީ، ދިޓީވީ އިން 23، 24 އަދި 25 ފެބްރުއަރީ 2014ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅު ކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-05/2014)

April 15, 2014

މިއީ، ދި އެފް.އެމް.ޕްލަސް އިން 23، 24 އަދި 25 ފެބްރުއަރީ 2014ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅު ކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-14/2013)

April 6, 2014

މިއީ، 15 ނޮވެމްބަރ 2013 ވަނަ ދުވަހުގެ ރޭ 18:00ގެ ފަހުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށާއި އެ ޕާޓީގެ މެނިފެސްޓޯއާ ގުޅުވައި ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ހިމެނޭ ގޮތުން ފާޑުކިޔާފައިވާ “އަންދަލުސް” ކިޔާ ދީނީ ދަރުސެއް ޗެނަލް 13، ޗެނަލް 1، ވީ.ޓީ.ވީ އަދި ދި. ޓީވީން ފޮނުވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2014)

April 1, 2014

މިއީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ދި. ޓީވީން ބްރޯޑްކާސްޓްކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.