ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2014)

February 11, 2014

މިއީ، ޝަކުވާ ހުށަހެޅިފަރާތަށް ނިސްބަތްކޮށް ކޮންމެވެސް ބަޔަކު ފޮނުވި ހަޑިހުތުރު ވާހަކަ ހިމެނޭ މެސެޖްތައް އެއްވެސް ވަރަކަށް ފިލްޓަރނުކޮށް ޗެނަލް 13 އިން 02 ފެބްރުވަރީ 2014ވަނަ ދުވަހުގެ 23:00 ން 24:00 އަށް އޮންއެއަރ ކޮށް ކިޔަމުންދިޔަކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-09/2013)

January 14, 2014

މިއީ، ރާއްޖެޓީވީން 23 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ އޮންއެއަރ ކުރި އެމް.ޑީ.ޕީ ޤައުމީ މަޖްލީހުގެ ޖަލްސާގައި ބްރޯސްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފަށް ކޮންޓެންޓް ހުރިކަމަށް ފެންނާތީ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-10/2013)

January 12, 2014

މިއީ، ވީޓީވީގެ 27 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ 21:00 ން 00:00އަށް ބްރޯޑްކާސްޓްކުރި “ފަސްމަންޒަރު” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާފަދަ ކޮންޓެންޓް ހުރިކަމަށް ފެންނާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-6,7/2013)

December 24, 2013

މިއީ، ޤައުމުގެ މަސްލަހަތު ގެއްލޭފަދަ ގޮތަކަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ކޮންޓެންޓް ފޮނުވާކަމަށާއި “އަތް ބުރިއަރުވާލާނަން” މިހެން ބުނެފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާކަން އިންޓަރނަލް މޮނިޓަރިންގއަށް ފާހަގަކުރެވިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-167/2013)

December 19, 2013

މިއީ، 15 ނޮވެމްބަރ 2013ގެ ހަވީރު 6:00ގެ ފަހުން ކޭމްޕޭން ކުރުން މަނާގަޑީގައި ރާއްޖެ ޓީވީން ކޭމްޕޭންކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.