ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މަރިޔަމް ޒީނިޔާ ހަމަޖައްސައިފި

March 31, 2022

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އައު ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް މަރިޔަމް ޒީނިޔާ ހަމަޖައްސައިފިއެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައިވާ މަރިޔަމް ޒީނިޔާ ކޮމިޝަންގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހަމަޖެއްސެވީ، މި މަޤާމަށް ކުރިމަތިލި ފަރާތްތަކާ ކުރެވުނު އިންޓަރވިއުގައި އެންމެ މަތިން މާކްސް ހޯއްދަވާފައިވާތީއެވެ.

މަރިޔަމް ޒީނިޔާ އެންމެ ފަހުން ހުންނެވީ ކޮމިޝަންގެ ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސްގެ މަޤާމުގައެވެ.

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިވަޑައިގެންނެވި މަރިޔަމް ޒީނިޔާ މީގެކުރިން ވަނީ އެންޓި-ކަރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަންގެ އިތުރުން ޓެލެވިޜަން މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައެވެ.