މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްކަމަށް މުޙައްމަދު ފަޒީން އިންތިޚާބުވެވަޑައިގެންފި  

January 19, 2023

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް ކޮމިޝަންގެ މެމްބަރ މުޙައްމަދު ފަޒީން އިންތިޚާބުވެވަޑައިގެންފިއެވެ.

މުޙައްމަދު ފަޒީން ކޮމިޝަންގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ، ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ގައިސް، އެ މަޤާމުން 8 ޖެނުއަރީ 2023 ގައި އިސްތިޢުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ އެ މަޤާމަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް މުޙައްމަދު ފަޒީން، ރައީސުލްޖުމްޙޫރިއްޔާ އައްޔަނު ކުރެއްވީ 7 މާރޗް 2021 ގައެވެ.