މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރަމުން ގެންދާ ތަހުގީގަަށް ހުރަސްއެޅޭގޮތަށް ބްރޯޑްކާސްޓްނުކުރުމަށް ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން

April 25, 2017

 

ސާރކިއުލަރ

                                                                                                                              ނަންބަރު: PPR/CIR/2017/8-427

ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް

         ޔާމީން ރަޝީދު (ޗަނބޭލީގެ/ ސ.ފޭދޫ) ގެ މަރާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 24 އެޕްރީލް 2017 (ހޯމަ) ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި އަންގާފައިވާގޮތުގެ މަތިން، މި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ. ހަމަ އެހެންމެ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ގެ އިމުގެ ތެރެއިން މަސައްކަތްކުރުމަށް ސަމާލުކަން ދެއްވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން ނަސޭހަތްތެރިވަމެވެ.

 

25 އެޕްރީލް 2017