ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުން (އެޗް.ޑީ. ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް)

April 25, 2017

އިޢުލާން

 

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުން

ދިވެހި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު 2012/R-20 ނަންބަރު ގެ ދަށުން ތިރީގައި މިވާ ފަރާތަށް މިކޮމިޝަނުން ލައިސަންސް ދޫކޮށްފީމެވެ.

  1. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތް : އެޗް.ޑީ. ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް
  2. ލައިސަންސްގެ ބާވަތް : ރީބްރޯޑްކާސްޓް ކުރުން
  3. ބްރޯޑްކާސްޓްކުރާ ސަރަޙައްދު : ހއ. ކެލާ
  4. ލައިސަންސް ދޫކޮށްފައިވާ ތާރީޚް : 24 އޭޕްރީލް 2017
  5. ލައިސަންސްގެ މުއްދަތު ހަމަވާ ތާރީޚް: 23 އޭޕްރީލް 2027
  6. ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ހިއްސާދާރުން: 
    1. އަލްފާޟިލް މުޙައްމަދު އާމިރު ކެނެރީގެ/ހދ. މަކުނުދޫ
    2. އަލްފާޟިލް މުޙައްމަދު ޝިފާއު ކާރްނޭޝަންމާގެ/ ކ. މާފުށި

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

29 ރަޖަބު 1438

25 އޭޕްރީލް 2017