ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އިސްލާހުކޮށްފި

January 30, 2019

ބްރޯޑްކާސްޓް ގަވާއިދަށް މައިގަޑު އިސްލާހުތަކެއް ގެނައުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ގެނައި މި އިސްލާހަކީ، ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަމުންދާ މަސައްކަތުކުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި އާންމުންގެ ޚިޔާލުހޯދުމަށް ހުޅުވާލާފައިވާލައި ލިބިފައިވާ ޚިޔާލުތައް ހިމެނުމަށްފަހު  އެކުލައިލި ޤަވައިދެކެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު އިސްލާހުކުރުމުގެ މައިގަނޑު މަޤްސަދަކީ، މިހާތަނަށް އަމަލު ކުރަމުންއައި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އަކީ މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށުނު ގަވާއިދަކަށްވުމާއެކު ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލައި މި ގަވާއިދު ތަންފީޒުކުރުމަށް މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މި ޤަވާއިދުގެ ދަށުން ކުރުމަށް ލާޒިމުކުރާ އެންމެހައި ކަންކަން ކުރުމަށް ސަމާލުކަން ދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ވެސް މިހާރު ވަނީ ކޮމިޝަނުން އިސްލާހުތަކެއް ގެނައުމަށްފަހު ގެޒެޓްކުރުމުގެ މަރުހަލާގައެވެ.