ބްރޯޑްކާސްޓްކުރުމުގައި ކޮންޓެންޓް ފޮނުވުމުގެ ކުރިން ޑިސްކްލޭމަރ އެރުވުމާ ބެހޭ

March 22, 2012

ނަންބަރު:427-LCM/PRIV/2012/194

ސަރކިއުލަރ

   މިޙާރު ބްރޯޑްކާސްޓް ކުރައްވާ ބައެއް ފަރާތްތަކުން ފޮނުވާ ކޮންޓެންޓް ފޮނުވުމުގެ ކުރިން ކޮންޓެންޓަށް ޒިންމާވާނީ ވަކި ފަރާތެއްކަން ބަޔާންކޮށް ކޮންޓެންޓް ފޮނުވަމުންދާތީ ދަންނަވަމެވެ. 15 މާޗް 2012 ވަނަ ދުވަހު އާންމުކޮށް އަމަލުކުރަންފަށާފައިވާ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 27 ވަނަ މާއްދާ ބުނާ ގޮތުން، “ލައިސަންސް ދޫކޮށްފައިވާ ފަރާތުން ބްރޯޑްކާސްޓްކުރާ ކޮންމެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ޒިންމާ އުފުލަންވާނީ ލައިސަންސް ލިބިފައިވާ ފަރާތެވެ.”

   ވީމާ، މިކަން އެންމެހައި ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

29 ރަބީޢުލްއާޚިރު 1433

22 މާޗް 2012