ބްރޯޑްކާސްޓްކުރާ އިޝްތިހާރުތަކުގައި ޤަވާއިދުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް ބްރޯޑްކާސްޓަރުންނަށް ހަނދުމަކޮށްދިނުން

July 15, 2012

ނަންބަރު: 427-LCM/CIR/2012/07

ސަރކިއުލަރ

 ބްރޯޑްކާސްޓްކުރާ ބައެއް އިޝްތިހާރުތަކުގައި، ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 4 ގައި ވާ އިޝްތިހާރުކުރުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވެ ހުންނަކަން މި ކޮމިޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ. މި ގޮތުން އިޝްތިހާރުކުރުމުގެ މިންގަނޑުގެ ހަތަރު ވަނަ ހަމައިގެ 5 ވަނަ ނަންބަރުގައި އިޝްތިހާރެއްގައި ދައްކާ އެކްޝަނެއް ނުވަތަ ސްޓަންޓެއް ނަކަލު ކޮށްފާނެތީ އެކަން މީހުންގެ ސަމާލުކަމަށް ގެންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މި ފަދަ އެކްޝަންތަކާއި ސްޓަންޓްތައް ހުންނަ އިޝްތިހާރުތައް ބްރޯޑްކާސްޓްކުރުމުގައި ސަމާލުކަމުގެ އެއްވެސް މެސެޖެއް ގެނެސް ނުދޭކަން ފާހަގަ ކުރެވެއެވެ.

އެހެންކަމުން އިޝްތިހާރެއް ބްރޯޑްކާސްޓްކުރުމުގެ ކުރިން ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 4 ގައި ވާ އިޝްތިހާރުކުރުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާ ކަން ޔަޤީކުރުމަށްފަހު އިޝްތިހާރުތައް ގެނެސްދިނުމަށް ދަންނަވަމެވެ.

 25 ޝަޢުބާން 1433

15 ޖުލައި   2012