ދީނީ ނަސޭޙަތް ދިނުމުގެ ސެޝަނެއް ކޮމިޝަންގައި ބާއްވައިފި

April 24, 2019

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް، އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ދީނީ ނަސޭޙަތް ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.

ކޮމިޝަންގައި ބޭއްވި މި ސެޝަން ނަންގަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއެވެ. މި ސެޝަންގައި، ރަމަޟާން މަހުގެ މަތިވެރިކަމާއި، އެ މަހުގައި ޢަމަލުތައް ބަހައްޓަންވީ ގޮތާއި އަދި އެމަހުން ލިއްބައިދޭ ޘަވާބާއި ދަރުމައިގެ މައްޗަށް ވަރަށް ތަފްސީލުކޮށް އޭނާ ވާހަކަފުޅު ދެއްކެވިއެވެ.

ދީނީ ނަސޭޙަތްދިނުމުގެ ސެޝަނަށް ފަހު ކޮމިޝަނުން މާހެފުމެއްވެސް ވަނީ މިއަދު ބާއްވާފައެވެ.