ކޮމިޝަންގެ “ސްޓާފް ނައިޓް 2021” ބާއްވައިފި

December 24, 2021

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށާއި އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އިނާމު ދިނުމުގެ ގޮތުން “ސްޓާފް ނައިޓް 2021” ބާއްވައިފިއެވެ.

މި ހަފްލާގައި، އިނާމު ދީފައިވަނީ 2021 ވަނަ އަހަރުގެ ހާޒިރީއަށް އެންމެ ރަގަޅު މުވައްޒަފުންނަށާއި، ކޮމިޝަނަށް
10 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށެވެ.

2021 ވަނަ އަހަރުގެ “އެޓެންޑެންސް އެވޯޑް” ހާސިލްކުރައްވާފައިވަނީ ޑިރެކްޓަރ، އެޗް.އާރ.އެންޑް އެޑްމިން، އަޙްމަދު ރާޝިދާއި، އެޗް.އާރ.އެންޑް އެޑްމިން ކޯޑިނޭޓަރ އަސްމާ ޙަސަނާއި، ސަޕޯޓް ސްޓާފް ފާޠިމަތު ރާބިޔާއެވެ.

ކޮމިޝަނަށް 10 އަހަރު ދުވަހު ޚިދުމަތްކުރައްވައި، ދިގު މުއްދަތުގެ ޚިދުމަތުގެ އިނާމު ޙާސިލްކުރައްވާފައިވާ މުވައްޒަފުންނަކީ، ޑިރެކްޓަރ، އެޗް.އާރ.އެންޑް އެޑްމިން، އަޙްމަދު ރާޝިދާއި، އެޗް.އާރ.އެންޑް އެޑްމިން ކޯޑިނޭޓަރ އަސްމާ ޙަސަނާއި، ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒަހިރާއާއި، ލައިސަންސިންގ އޮފިސަރ ޝިމްލާ މުޙައްމަދު ވަހީދާއި، މޮނިޓަރިންގ އެންޑް އެންޖިނިއަރިންގ އޮފިސަރ މުޙައްމަދު ޒަޢީމާއި، ބިއުރޯ އޮފިސަރ އާނިސާ މުޙައްމަދު ފާއިޒާއި، ބިއުރޯ އޮފިސަރ ޢާއިޝަތު އަޙްމަދާއި، ސަޕޯޓް ސްޓާފް ފާޠިމަތު ރާބިޔާއާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ނަޒްމީލާ އަޙްމަދާއި، ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އޮފިސަރ އާމިނަތު ނުހާ އަޙްމަދާއި، ސަޕޯޓް ސްޓާފް ފާޠިމަތު ޝަރީފާއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވި ގޮތުގައި ކޮމިޝަންގެ މުވައްޒަފުންނަކީ، މަސައްކަތުގެ މާހައުލުގައި ގޮންޖެހުންތަކެއް ހުރުމާއެކުވެސް، ހީވާގި، ޚިދުމަތްތެރި މުވައްޒަފުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި، ކޮމިޝަނުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ކުރާނީ، މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ފުރުސަތުތަކާއި، ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކުރުމަށް އިތުރު ވަސީލަތްތައް ހޯއްދެވުން ކަމަށް ވިދާޅުވިއެވެ.

ކޮމިޝަންގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އިނާމު ދިނުމުގެ އިތުރުން، މި ހަފްލާގައި ކޮމިޝަން މުވައްޒަފުން ވަނީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހުށަހަޅާފައެވެ.