ކޮމިޝަނަރުން


މަރިޔަމް ވަހީދާ

ކޮމިޝަންގެ ރައީސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް މަރިޔަމް ވަހީދާ، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 05 ޑިސެމްބަރ 2019 ގައެވެ. އަދި ހަމަ އެދުވަހު ބެޭއްވި ކޮމިޝަނަރުންގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގެ އަޣްލަބިއްޔަތުން، ކޮމިޝަންގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތެވެ.


އަޙްމަދު ގައިސް

ނައިބު ރައީސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް އަޙްމަދު ގައިސް، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 05 ޑިސެމްބަރ 2019 ގައެވެ. އަދި ހަމަ އެދުވަހު ބެޭއްވި ކޮމިޝަނަރުންގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގެ އަޣްލަބިއްޔަތުން، ކޮމިޝަންގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތެވެ.


 

އަމްޖަދު ވަހީދު

ކޮމިޝަނަރ

އަމްޖަދު ވަހީދު ފަސް އަހަރުގެ ދައުރަކަށް ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 15 މާރޗް 2018 ގައެވެ.


ޢަލީ ޔޫސުފް

ކޮމިޝަނަރ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް ޢަލީ ޔޫސުފް، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 05 ޑިސެމްބަރ 2019 ގައެވެ.


އާމިނަތު އަމީނާ

ކޮމިޝަނަރ

އާމިނަތު އަމީނާ (އަނާ) ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅިވަޑައިގެންނެވީ، ޖާނަލިޒަމްގެ މަލްޓިޓާސްކް ޖާނަލިޒަމް ކޯހެއް ފުރިހަމަކުރުމަށްފަހު، 2007 ވަނަ އަހަރު، ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޕްރައިވެޓް ޗެނަލްތަކުގެ ތެރޭގައި ހިމެނުނު ވީޓީވީގެ ޖާނަލިސްޓް ޓްރެއިނީއެއްގެ މަޤާމަށެވެ. އެއަށްފަހު 2020ވަނަ އަހަރުގެ ޖޫން މަހު، ބްރޯޑްކާސްޓިންގ ކޮމިޝަނާ ގުޅިގެވަޑައިގެންނެވި އަމީނާ އެންމެ ފަހުން އަދާކުރެއްވީ ވީޓީވީ ގެ ސީނިއަރ އެޑިޓަރެއްގެ މަޤާމެވެ.

އާމިނަތު އަމީނާ ވަނީ ބްރޯޑްކާސްޓިންގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާފައެވެ. އެގޮތުން އަމީނާ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ނޫސްވެރިކަމުގެ ދާއިރާއިމް ޑިޕޮލޮމާ އަދި ޑިގްރީ ހައްދަވާފައެވެ.

މީގެ އިތުރަށް އަމީނާ ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އިން މާސްޓަރ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ހާސިލްކުރައްވާފައެވެ.

ބްރޯޑްކާސްޓް ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ އެވޯޑްތަކުގެ އިތުރަށް ޤައުމީ އެވޯޑް ވެސް އަމީނާ ވަނީ ހާސިލް ކުރައްވާފައެވެ.

އޭގެތެރޭގައި، 2016 ވަނަ އަހަރު އަމީނާ ވަނީ ބްރޯޑްކާސްޓިންގެ ދާއިރާއިން ފާހަގަކޮށްލެވޭ އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓްގެ އެވޯޑް 2016 ވަނަ އަހަރު ހާސިލް ކުރައްވާފައެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާއިން، އިޖުތިމާއީ ކެޓަގަރީން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް 2019 ވަނަ އަހަރު ވަނީ ހާސިލްކުރައްވާފައެވެ.

މީގެ އިތުރަށް، އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުންގެންދާ “ރެހެންދި އެވޯޑް” 2020 ވަނަ އަހަރު އަމީނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މި އެވޯޑް އަމީނާ ހާސިލްކުރައްވާފައި ވަނީ އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ރޮނގުންނެވެ.

ތިމާވެށީގެ ރޮނގުންވެސް ޚާއްސަ ޝައުގެއް ގެންގުޅޭ އަމީނާ އަކީ، އާތު އަވަރ މޯލްޑިވްސްގެ އެމްބެސެޑަރއެއްގެ ގޮތުގައިވެސް ހިމެނިވަޑައިގަންނަވާ ފަރާތެކެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް އާމިނަތު އަމީނާ، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 14 ޖޫން 2020 ގައެވެ.


މުޙައްމަދު ފަޒީން

ކޮމިޝަނަރ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް މުޙައްމަދު ފަޒީން، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 7 މާރޗް 2021 ގައެވެ.


ޝިފްލާ އިބްރާހީމް

ކޮމިޝަނަރ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް ޝިފްލާ އިބްރާހީމް، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 5 މެއި 2021 ގައެވެ.