ވަޒީފާގެ ފުރުޞަތު – ޑިރެކްޓަރ، ލީގަލް އެފެއާޒް

February 17, 2021

ވަޒީފާގެ ފުރުޞަތު – ޑިރެކްޓަރ، ލީގަލް އެފެއާޒް

ނަންބަރު: (IUL)427-OPR/1/2021/3

 

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 

މަޤާމް: ޑިރެކްޓަރ، ލީގަލް އެފެއާޒް

އަދަދު:1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: ޑިރެކްޓަރ

ސެކްޝަން :ލީގަލް އެފެއާޒް، މޮނިޓަރިންގ އެންޑް ލައިސަންސިންގ

އަސާސީ މުސާރަ: 11000/- ރުފިޔާ

އެލަވަންސް: 

 • ނޮންޕްރެކްޓިސް އެލަވަންސް: -/3000 ރުފިޔާ
 • ލިވިންގ އެލަވަންސް: -/2500 ރުފިޔާ
 • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
 • މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

އަސާސީ ޝަރުޠު: 

 1. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލު ކޮށްފައިވުން.
 2. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއި އެކު މުޢާމަލާތު ކުރަން އެނގުން.
 3. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން.

އެހެނިހެން ޝަރުޠު: 

 • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް: 

 1. ޑިޕާޓްމަންޓް އޮފް ލީގަލް އެފެއާޒް، މޮނިޓަރިންގް އެންޑް ލައިސަންސިންގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން،
 2. ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިން ކޮމިޝަނަށް ބޭނުންވާނެ ލަފާދިނުމައްޓަކައި ހަދަންޖެހޭ ދިރާސާތައްހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ޖަވާބުތައްޔާރު ކުރުމާއި ކޮމިޝަނުން ނިންމާ ނިންމުންތައް ދިފާޢު ކުރުން،
 3. ކޮމިޝަންގެ ހުރިހާ ޑިޕާޓްމެންޓްތަކަށް ޤާނޫނީ ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން،
 4. ކޮމިޝަންގެ އެންމެހައި ސިޔާސަތުތަކާއި، ޤަވާޢިދުތަކާއި، އުސޫލުތައް އެކުލަވާލުމުގައި ޤާނޫނީ ލަފާ ދިނުމާއި މިފަދަމަސައްކަތްތައް ހިންގުން،
 5. ޤާނޫނުތައް ދިރާސާކޮށް ކޮމިޝަންގެ އިޙުތިޞާސްތަކާއި ފުށުއަރާ ދާއިރާތައް ފާހަގަކޮށް އެކަންކަން އިސްލާޙު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވާހިންގުން،
 6. ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން،
 7. ކޮމިޝަންގެ ތަޞައްވަރު ރަގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން،
 8. ކޮމިޝަންގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން،
 9. ކޯޓުތަކަށާއި އެހެނިހެން އިދާރާތަކައް ހުށަހެޅޭ މައްސަލަތަކުގައި ކޮމިޝަން ތަމްސީލުކުރުން.

ތަޢުލީމީ ރޮނގު: ޤާނޫނީ ދާއިރާ

ހުށަހަޅަންޖެހޭ ތަކެތި: 

 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
 2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
 3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
 5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ).
 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)

ސުންގަޑި: 28 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: 

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް broadcom.org.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317/3334333
 • އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.
 • އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: info@broadcom.org.mv
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް: 

ކޮންޕިޓަންސީ ދާއިރާ މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
ތަޢުލީމާއި ތަމްރީން 30%
މަސައްކަތުގެ ތަޖްރިބާ 20%
ޕްރެކްޓިކަލް ޓެސްޓް 15%
އިންޓަވިއު 35%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
 • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
 • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
 • މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.
 • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.
 • ކޮމިޝަނުގެ ހިންގާ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ އަދި މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
 • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
 • ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

 16 ފެބްރުވަރީ 2021