January 17, 2013
03 މާޗް 2012ވަނަ ދުވަހުގެރޭ 10:00ން 11:00އާ ދެމެދު ރާއްޖެ ޓީވީއިން ލައިވްކުރި މުޒާހަރާއެއްގައި، ޓްރޭޑަރސް ހޮޓަލް ކައިރިއަށް އެއްވެ ތިބި އެމް.ޑީ.ޕީ މީހުން ކޮންޓްރޯލް ކުރުމަށް އުޅުއްވި ފުލުހުން ތިބީ ރާބޮއެ، މަސްތުވެފައި ކަމަށް މައިޒާން އަލީ މަނިކު ވިދާޅުވާތަން ރާއްޖެ ޓީވީއިން ބްރޯޑްކާސްޓް ކޮށްފައިވުން
January 17, 2013
31އޮގަސްޓް 2012 ގައި،23:45ން 00:00 އާ ދެމެދު، އުސްފަސްގަނޑުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންނަށާއި ކޮމިޝަނަރ އޮފް ޕޮލިސްއަށް ނިސްބަތްކޮށް ބަޣާވަތް ކޮށްގެންތިބި ކަމަށާއި، ރާއްޖޭގެ ވެރިކަން ކޮންޓްރޯލްކުރަނީ 300 އެއްހާ އެސް.އޯ ފުލުހުން ކަމަށާއި، މިއީ މިލިޓަރީ ވެރިކަމެއް ކަމަށް ވިދާޅުވެ ހަގީގަތާއި ޚިލާފަށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ދެއްކި ވާހަކަތައް ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދީފައިވާ ކަމަށް ބުނެ މިކަމަށް ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް ބައްލަވައި ފިޔަވަޅު އަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
January 17, 2013
2012 އޮގަސްޓް 30 ގައި ފޮނުވި އެކި ޕްރޮގްރާމްތަކުގައި ރާއްޖެ ޓީވީން ކެނޑިނޭޅި ގެނެސްދެމުންދިޔަ ކޮންޓެންޓްގައި ރައްޔިތުން ބައިބައި ކުރުމާއި ރައްޔިތުންގެ މެދުގައި ފުލުހުންނާއި މެދު ނަފްރަތު އުފައްދައި ފުލުހުންނާއި ބެހޭގޮތުން ދޮގުވާހަކަތަކާއި ފުލުހުންނާއި ފުލުހުންގެ މުއައްސަސާއާ މެދު ފުރައްސާރަ ކުރަމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
January 9, 2013
ވީޓީވީގެ 30 އޯގަސްޓް 2012ގެ 12:32ގައި ސުލޫކީ މިންގަނޑުގެ 2ވަނަ ހަމައާ ޚިލާފް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ
January 8, 2013
އަޙްމަދު މަޙްލޫފް ގ. ހާފްސީއާ ގުޅޭގޮތުން ވީޑިއޯއެއް ދެއްކުމަށްފަހު ބަދުނާމުވާގޮތަށް ޚަބަރު ހަދައިގެން ގެނެސްދީފައިވުން. އަދި މާބަނޑު އަންހެނަކަށް ހަމަލާދިން ކަމަށާއި އެމީހުންނާއި ދިމާލަށް އެއްޗެހި ކިޔާފައިވާކަމަށް އަދި އަންހެންމީހާގައިގައި ތެޅިކަމަށް ރާއްޖެ ޓީވީން ހަބަރު ކިޔާފައި ވުން