އަސްލު ޓީވީގެ ނޫސްވެރިޔަކު ނެގި ފޮޓޯއެއް ފުލުހުންގެ އޮފިސަރަކު ޑިލީޓްކުރިކަމަށް ބުނާ މައްސަލަ އާއި ގުޅޭ:

December 31, 2024

ނޫސް ބަޔާން

(PR)427-BUR/427/2024/4:ނަމްަބަރު

ޑިސެމްބަރ 2024 ވީ އާދިއްތަ ދުވަހުގެރޭ އަސްލު ޓީވީގެ ނޫސްވެރިޔަކު ނެގި ފޮޓޯއެއް ފުލުހުންގެ އޮފިސަރަކު ޑިލީޓްކުރިކަމަށް އަސްލު ޓީވީއިން ރިޕޯޓްކޮށްފައިވާތީ ދަންނަވަމެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްއިން މި މައްސަލަ ބަލަމުންދާކަމުގައި މި ކޮމިޝަނަށް މައުލޫމާތު ދީފައިވާތީ، މި މައްސަލަ ބެލުން ވީހާވެސް އަވަސްކޮށްދެއްވުމަށް ދިވެހި ފުލުހުންގެ އިދާރާއަށް ދަންނަވާފައިވާނެއެވެ.

ޒިންމާދާރު ނޫސްވެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތަކުންވެސް މަސައްކަތް ކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ.