“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

June 14, 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” ދިނުމަށް ނިންމާފައިވާތީ، މި އެވޯޑުގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު”ގައި ބަޔާންކޮށްފައިވާނެއެވެ. މި އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުގެ ވެބްސައިޓް  broadcom.org.mv  ލިބިވަޑައިގަންނަވާނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ 18 ޖުލައި 2024 ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. މި އިއުލާނާއި އެކު އަންނަނިވި ލިޔެކިޔުންތައް ހިމަނަމެވެ.

1. މޯލްޑިވްސް ބްރޯޑްކާސްޓިންގ އެވޯޑު އުސޫލު

2. އެޕްލިކޭޝަން ފޯމު – މޯލްޑިވްސް ބްރޯޑްކާސްޓިންގ އެވޯޑު 2024

3. ޕްރޮޑަކްޝަން އެވޯޑު – ކެޓަގަރީ 1

4. އިންޑިވިޖުއަލް އެވޯޑު – ކެޓަަގަރީ 2

5. އިންޑަސްޓްރީ އެވޯޑު – ކެޓަގަރީ 3

09 ޖޫން 2024