ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-06/2023)

September 21, 2023

މިއީ، “ވަގުތު ޓީވީ” ން 08 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8 ގެ ޚަބަރު ގަޑީގައި ބްރޯޑްކާސްޓްކުރި “މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މިއަދު ނިންމާލައިފި” އެ ސުރުޚީގެ ދަށުން ބްރޯޑްކާސްޓްކުރި ޚަބަރުގައި ރިޔާސީ އިންތިޙާބުގެ ކެންޕެއިންކުރުން މަނާ ގަޑީގައި ކެމްޕެއިނަށް މަގުފަހިވާގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް، ބެލެވޭތީ ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލަމުންދިޔަ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-05/2023)

September 21, 2023

މިއީ، “ސަންގު ޓީވީ” ން 08 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 23:02 އިން ފެށިގެން 23:52 ބްރޯޑްކާސްޓް ކުރި “އިލްމީ ބަހުސް” ޕްރޮގްރާމްގައި ރިޔާސީ އިންތިޙާބުގެ ކެންޕެއިންކުރުން މަނާ ގަޑީގައި ކެމްޕެއިނަށް މަގުފަހިވާގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް، ބެލެވޭތީ ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލަމުންދިޔަ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2023)

September 17, 2023

މިއީ،  ކޮމިޝަންގެ މޮނިޓަރިންގ ސެކްޝަނުން ބެލިބެލުމުގައި ބައިސްކޯފް އެޕްގައި ރާއްޖޭގެ ޗެނަލްތައް ހުރިކަމާއި، ކޮންމެ ޓިވީ ޗެނަލެއް ވަކިވަކިން ބެލުމުން ކޮންމެ ޗެނަލެއް ރިއަލްޓައިމްގައި ރީބްރޯޑްކާސްޓްކުރާކަން ފާހަގަކުރެވިފައިވާތީ، ކޮމިޝަންގެ އިސްނެގުމުގެ މަތީން ބަލަމުންދިޔަ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2023)

September 3, 2023

މިއީ، ޗެނަލް 13 އިން 22 މެއި 2023 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް ބްރޯޑްކާސްޓްކުރި “ކަނޑުފޭރޭ ޗޯރު” “ފެލާލައިފި” “ލުޓޭރު އިބުރޭ” (ލަވަތައް) ހިމެނޭ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް މަންޒަރާއި އަޑު ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ، ކޮމިޝަނުގެ އިސްނެގުމުގެމަތީން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-15/2021)

December 5, 2022

މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް   މަޑޫގަލި ރިސޯޓް / އއ.މަޑޫގަލީގައި ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލާފައިވާ މައްސަލައެކެވެ.