ސަރކިއުލަރ


މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތަށް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމާ ގުޅޭ

April 24, 2025

ޤާނޫނު ނަންބަރު 2013/1 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 10 (ދިހައެއް) ވަނަ ބާބުގައި މި ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން ދިވެހިރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ބްރޯޑްކާސްޓް ކުރުމުގައި އަމަލުކުރަންވީގޮތް ބަޔާންކޮށްފައިވެވެ. އަދި ހަމަ އެއާއެކު ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނުނު) ގައި ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭގޮތްވެސް ބަޔާންކޮށްފައިވެއެވެ

ޤާނޫނު އަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބޭ ފަރާތްތަކާއި ގުޅޭ ގޮތުން ބްްރޯޑްކާސްޓް ކުރާ ކޮންޓެންޓާ ގުޅޭ

March 25, 2025

ޤާނޫނު އަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބޭ ފަރާތްތަކާއި ގުޅޭ ގޮތުން ބްްރޯޑްކާސްޓް ކުރާ ކޮންޓެންޓާ ގުޅޭ

ކުޑަކުދިންގެ ހައްޤަށް އުނިކަން ނުލިބޭ ގޮތަށް ބްރޯޑްކާސްޓް ކުރުމަށް ސަމާލުވުން

March 17, 2025

މި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ހުރިހާ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދު އަދި ޢާންމު އިޖުތިމާޢީ މިންގަނޑާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭ ގޮތަށް ހުންނަ ކޮންޓެންޓް ކަމުގައި ހެދުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

ވިއުވާ އެންގޭޖްމަންޓް ރެކޯޑް ކޮމިޝަނުން ބެލެހެއްޓުމާ ގުޅޭ

February 13, 2025

ޤާނޫނު ނަމްބަރު 2010/16، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ޖުމްލަގޮތެއްގައި ރަމްޒުކޮށްދެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމާއި، ގައުމީ ތަރައްގީ ކުރިއެރުވުމާއި، ތަފާތު ނަޒަރިއްޔާތުތަކަށް މަގުފަހިކުރުމާއި، ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން ތައާރަފްކުރުމާއި، ބްރޯޑްކާސްޓިން ދާއިރާގެ ތެރޭގައި މޮނޮޕޮލައިޒޭޝަން ހުއްޓުވުމާއި ޒަމާނީ ޓެކްނޮލޮޖީ އެޑެޕްޓޭޝަން އަދި މީޑިއާ ރެގިއުލޭޓްކޮށް ޤާނޫނު ތަންފީޛުކުރުމެވެ.

ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓް ސުލޫކީ މިންގަނޑާއި އެއްގޮތަށް ބެހެއްޓުން

November 20, 2024

ބްރޯޑްކާސްޓްކުރާ ބައެއް ޗެނަލްތަކުން ގެނެސްދޭ ބައެއް ކޮންޓެންޓް އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ހުންނަކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި އެވެ.