June 3, 2014
“ޖެންޑަރ ސެންސިޓައިޒިންގ ވޯރކްޝޮޕް ފޮ ބްރޯޑްކާސްޓް މީޑިއާ” ގެ ނަމުގައި ކޮމަންވެލްތް ބްރޯޑްކާސްޓިންގ އެސޯސިއޭޝަން (ސީ.ބީ.އޭ) އާއި އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭ.ބީ.ޔޫ) އަދި ޔުނެސްކޯ އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ގުޅިގެން ބާއްވާ ވޯކްޝޮޕް މިއަދު ފަށައިފިއެވެ.
ޖެންޑަރ ސެންސިޓައިޒޭޝަން ފޮ ބްރޯޑްކާސްޓް މީޑިއާގެ މަގުސަދަކީ އަންހެނުންނާއި ކުޑަކުދިންނާއި ގުޅޭ ޚަބަރުތަށް ރިޕޯޓުކުރުމަށް ގެންގުޅެންވީ މިންގަނޑުތަކާއި އަންހެންނުނާއި ކުޑަކުދިންނާއި ގުޅޭ ޚަބަރުތަށް ހަމަހަމަކަމާއި އެކު އެފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ނާންނަގޮތަށް ރިޕޯޓުކުރާނެގޮތުގެ މައުލޫމާތު ބްރޯޑްކާސްޓް މީޑިއާ ގެ ފަރާތްތަކާއި ހިއްސާކޮށް، އަންހެނުންގެ ހައްޤުތަކަށް ބްރޯޑްކާސްޓް މީޑިއާ އަހުލުވެރިކުރުމަށް ބާއްވާ ވޯކްޝޮޕެކެވެ.
މި މަހުގެ 3-5 މޫކައި ހޮޓެލް ޓްރެއިނިންގ ހޯލްގައި އޮންނަ މި ވާރކްޝޮޕްގެ ޓްރެއިނަރަކީ ކޮމަންވެލްތް ބްރޯޑްކާސްޓް އެސޯސިއޭޝަންގެ ރައީސާ މޮނީޒާ ހާޝިމީއެވެ.
މި ވާރކްޝޮޕަކީ ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތް ކުރާ ފަރާތަކަށް ހުޅުވާލައިގެން ބާއްވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރުގެ ފަރާތުން ތިން ފަރާތަކާއި ކޮމާޝަލް ބްރޯޑްކާސްޓަރުންގެ ތެރެއިން 11 ސްޓޭޝަނަކުން 12 ފަރާތަކާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޖާރނަލިޒަމް ކިޔަވާ އެއް ދަރިވަރާއި ކޮމިޝަނުގެ ތިން މުވައްޒަފުން ބައިވެރިވަޑައި ގަންނަވައެވެ.