2014 އޭޝިޔާ މީޑިއާ ސަމިޓް އަދި ޕްރީ ސަމިޓް ޕްރޮގްރާމްގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެ

May 7, 2014

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑެވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވާ އޭޝިޔާ މީޑިއާ ސަމިޓް 2014 އަދި ޕްރީ ސަމިޓް ވާރކްޝަޕްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

އޭޝިޔާ މީޑިއާ ސަމިޓަކީ އޭ.އައި.ބީ.ޑީ މެންބަރޝިޕް އޮންނަ މުއައްސަސާތަކާއި ދުނިޔޭގެ ގިނަ ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ މާހިރުން އެއް ޕްލެޓްފޯމެއްގައި ބްރޯޑްކާސްޓް ސިނާއަތުގެ ތަރައްޤީއަށާއި މި ދާއިރާއާ ގުޅޭ އައު ހިޔާލުތަކާއި ތަޖުރިބާ ހިއްސާކުރުމަށް ކޮންމެ އަހަރަކު އޭ.އައި.ބީ.ޑީން އިންތިޒާމްކޮށް ބާއްވާ ފޯރަމެކެވެ. މިގޮތުން މި އަހަރުގެ މި ފޯރަމްގެ މައުލޫއަކީ ‘މީޑީއާ އެންޑް ޑައިވާރސިޓީ: އެންރިޗިންގ ދަ ބްރޯޑްކާސްޓިންގ އެކްސްޕީރިއަންސް” އެވެ.

މި މެއި މަހުގެ 3-5 އޮތް ޕްރީ ސަމިޓް ވާރކްޝޮޕް “މީޑިއާ އެތިކްސް އިން ދަ އޭޖް އޮފް ސޯސަލް މީޑިއާ” ގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަންގެ މެންބަރު އިބްރާހިމް އަޝްރަފް އެވެ. އަދި މެއި މަހުގެ 6-8 އޮންނަ 2014 ވަނަ އަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު، ނައިބު ރައީސް އަބްދުﷲ ސުޖާޢު، ކޮމިޝަން މެންބަރު މުޙައްމަދު އަސްލަމް އަދި އިބްރާހިމް އަޝްރަފް ބައިވެރިވެވަޑައިގެންނެވިއެވެ.