ކުށް އިސްލާޙުކުރުން

July 18, 2024

 IUL)427-OPR/1/2024/29)،

ކުށް އިސްލާޙުކުރުން

ކުށް އިސްލާޙުކުރުން /”މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024″ އަށް އެންޓްރީ ހުށަހެޅުމުގެ ތާރީޚް ފަސްކުރުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމްބަރު: IUL)427-OPR/1/2024/26)،
17 ޖުލައި  2024 ގެ އިޢުލާނާއި ޙަވާލަދީ ދަންނަވަމެވެ.

އެ އިއުލާންގައި  މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024″ ބާއްވާ ތާރީޚް ފަސްކުރެވިފައިވާތީ” ކަމަށް ބަޔާންކުރެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ސުރުހީގެ ރަނގަޅުގޮތަކީ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024″ އަށް އެންޓްރީ ހުށަހެޅުމުގެ ތާރީޚް ފަސްކުރުން”  އެވެ.

މި ކުށް އިސްލާހުކޮށް އަލުން  އިއުލާން ކުރަމެވެ.

އިޢުލާން

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024″ އަށް އެންޓްރީ ހުށަހެޅުމުގެ ތާރީޚް ފަސްކުރުން

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމްބަރު:  IUL)427-OPR/1/2024/18)،
9 ޖޫން 2024 ގެ އިޢުލާނާއި ޙަވާލަދީ ދަންނަވަމެވެ. “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” އަށް އެންޓްރީ ހުށަހެޅުމުގެ ތާރީޚް، 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ފަސްކުރެވިފައިވާތީ، އެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

18 ޖުލައި 2024

12 މުޙައްރަމް 1446