September 2, 2024
ބްރޯޑްކާސްޓް އޯޑިއަންސް ސާރވޭގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނާއި، ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާރޗް އެންޑް އިނޮވޭޝަން ގުޅިގެން ފަށައިފިއެވެ.
މި ސާރވޭގެ މައިގަނޑު މަޤްސަދަކީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާއްމުކޮށްފައިވާ ‘ޗެނަލް ރޭޓިންގ ލިސްޓު އެކުލަވައިލުމުގެ އުސޫލު’ ގައި ބަޔާންކޮށްފައިވާ، ‘ޗެނަލް ރޭޓިންގ ލިސްޓް’ އެކުލަވާލުމުގައި މުޙިއްމު މައޫލޫމާތު އެއްކުރުމެވެ. މިގޮތުން، ވިއުއަރޝިޕް (ބަލާ މިންގަނޑު)، އަދި އޯޑިއަންސް ޝައުޤުވެރިވާ ޗެނަލްތަކާއި ކޮންޓެންޓް ދެނެގަނެވޭނެއެވެ. މި ސާރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 ހަފްތާގެ މުއްދަތަށެވެ.