އޭބީޔޫ އިން ބާއްވާ 7 ވަނަ ވޯލްޑް ސަމިޓް އޮން މީޑިއާ ފޯ ޗިލްޑްރެންގައި ކޮމިޝަނުން ބައިވެރިވެއްޖެ

September 8, 2014

އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން މި މަހުގެ 8-10 ކުއަލަރ ލަމްޕޫރުގައި ބާއްވާ 7 ވަނަ ވޯލްޑް ސަމިޓް އޮން މީޑިއާ ފޯ ޗިލްޑްރެންގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

ކޮމިޝަނުގެ ފަރާތުން މި ސަމިޓުގައި ބައިވެވަޑައިގަތީ ކޮމިޝަނުގެ ރައީސް  މުޙަމަދު ޝަހީބާއި ނައިބު ރައީސް އަބްދުﷲ ސުޖާޢު އާއި ކޮމިޝަނުގެ މެންބަރުން ކަމުގައިވާ މަރިޔަމް ޝައުގީ އަދި މޫމިނާ އަދަމް އެވެ.

މި ސަމިޓުގެ މަގްސަދަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ފޮނުވާ ކޮންޓެންޓްގެ ފެންވަރު ދެނެގަނެ، ގުޅިލާމެހިފައިވާ ޑިޖިޓަލް ޓެކްނޮލޮޖީ އަދި މީޑިއާގެ މާހައުލެއްގައި، ތައުލީމުގެ ރޯލް ކޮލިޓީ ކޮނެޓެންޓް ގެ އަލީގައި ދެނެގަތުމެވެ. މީގެ އިތުރުން ކޮލިޓީ ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ފަންޑް ހޯދާނެ ގޮތާއި، ޓެކްނޮލޮޖީގެ ބޭނުން ކުޑަކުދިން ހިފާ މިންވަރު ދެނެގަތުމާއި ކުޑަކުދިންނާއި މީޑިއާ މި މަޢުޟޫގެ މައްޗަށް އަލިއަޅުވާލާ ސަމިޓެކެވެ.

މި އަހަރަކީ މި ސަމިޓު އޭޝިޔާ ރީޖަނުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންނާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށާއި ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއާ ގުޅޭ މަޝްވަރާތަށް ކުރުމަށް ލިބިގެންދިޔަ ފުރުސަތެކެވެ.