ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި ފަރާތާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ފުރުއްވާފައިވާ ފަރާތްތަކުގެ ނަން ބްރޯޑްކާސްޓްކުރުމުގައި ބޭނުންކުރުމާ ބެހޭ

March 26, 2012

ނަންބަރު: 427-LCM/CIR/2012/2

ސަރކިއުލަރ

   ބްރޯޑްކާސްޓް ކުރައްވާ ބައެއް ސްޓޭޝަންތަކުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި ފަރާތާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފުރުއްވާފައިވާ ފަރާތްތަކުގެ ނަން ބްރޯޑްކާސްޓްކުރުމުގައި އެބޭފުޅުންގެ ޤަދަރާއި އިއްޒަތް ގެއްލޭފަދަ ގޮތަކަށް އެފަރާތްތަކަށް ނިސްބަތްކޮށް ތަފާތު ނަންނަން ބޭނުންކުރަމުންދާކަން މިކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.

   މިފަދަ ކަންކަމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު 2010/16ގެ ފަސްވަނަ ބާބުގެ 37ވަނަ މާއްދާގެ (ނ)ގެ 7 އަދި 10 އާ ޚިލާފްކަމަކަށްވާތީ، ބްރޯޑްކާސްޓް ކުރެއްވުމުގައި މިކަމަށް އިތުރަށް ސަމާލުވެ މިފަދަ އިބާރާތް ބޭނުން ނުކުރެއްވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

03 ޖުމާދަލްޢޫލާ 1433

26 މާޗް 2012