ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަށް މަލްޓިމީޑީއާ ޖާނަލިޒަމް ފުރިހަމަކުރުމަށް ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި

May 5, 2025

ރާއްޖޭގެ މީޑީއާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ސައުތް އޭޝިއަން ފައުންޑޭޝަން އިން އިންޑިއާގެ ޗެއްނާއިގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް ގައި “ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑިއާ ޖާނަލިޒަމް” ކޯސް ފުރިހަމަ ކުރުމަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޯހަށް ޝަރުތު ހަމަވާ ދެ ފަރާތެއް ހޮވުމަށް ޝޯޓް ލިސްޓް ކުރާނީ މި ކޮމިޝަނުންނެވެ. ޝޯޓްލިސްޓް ކުރާ ފަރާތްތަކުގެ މައުލޫމާތު އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް އާ ހިއްސާ ކުރުމުން އެ ފަރާތުން އިންޓަވިއުކޮށް އެންމެ މޮޅު 1 ނުވަތަ 2 ދަރިވަރުން މި ކޯހަށް ހޮވާނެ އެވެ.

ކޯހަށް ހުށެހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އެކު މި ކޮމިޝަނަށް ކޯހަށް ހުށެހަޅަންޖެހޭ ލިޔެ ކިޔުން ހުށެހެޅުމުގެ ސުންގަޑިއަކީ 15 މޭ 2025 އެވެ.

ތިރީގައި މިވަނީ މި ކޯހާއި ބެހޭ އިތުރު ތަފްސީލެވެ.

މި ސްކޮލަޝިޕާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައި މިވަނީ އެވެ.

ކޯހުގެ ނަން: ޕޯސްޓްގްރެޑުއޭޓް ޑިޕްލޮމާ އިން އިން

މުއްދަތު: 2025-2026

ކޯސްފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 28 ޖޫން 2025

ކޯސް ނިމުމަށް ހަމަޖެހިފައިވާ ތާރީޙް: 3 މެއި 2026

ކިޔެވުމަށް ހަމަޖެހިފައިވާ ތަން: އޭޝިއަން ކޮލްޖް އޮފް ޖާނަލިޒަމް/ ޗެއްނާއި އިންޑިއާ

ކޯހުގެ ޝަރުތު:

ކޯހަށް އެދި ހުށަހަޅާ ފަރާތަކީ ބެޗިލާރސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވާން ޖެހެ އެވެ. އަދި އިނގިރޭސި ބަހަށް ފަރިތަ ކަމާއި އެކު ލިޔަން ކިޔަން ދަންނަ މީހަކަށްވާންވެ އެވެ.

ހޮވޭ ފަރާތްތަކަށް ތިރީގައިވާ ކަންކަން ސްކޯލަޝިޕްގެ ދަށުން ހަމަޖެހޭނެ އެވެ.

  • އިންޑިއާ ޗެއްނާއި ދިއުމަށް ޓިކެޓް
  • އެކޮމޮޑޭޝަން ހަރަދު
  • ކެއުމުގެ ހަރަދު
  • ޕޮކެޓް މަނީ
  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( މި އިއުލާނާއި އެޓޭޗް ކުރެވިފައި)
  2. ކަވަރ ލެޓާ ( މި ކޯހަށް އެދި ހުށަހަޅާ ސަބަބު ބަޔާންކޮށް ލިޔާ ލިޔުން)
  3. ޕާސްޕޯޓް ސައިޒު ފޮޓޯ
  4. މުއްދަތު ހަމަ ނުވާ ޕާސްޕޯޓް ކޮޕީ (ކޯހުގެ މުއްދަތުގައި ޕާސްޕޯޓް ހަމަވެގެން ނުވާނެ)
  5. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އޯ ލެވެލް އަދި އޭލެވެލް)
  6. އެޓެސްޓްކޮށްފައިވާ ބެޗިލާސް ޑިގްރީގެ ކޮޕީ

މި ކޯހަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައިވާ ލިޔުންތައް 15 މެއި 2025 ގެ 14:00 ކުރިން މި ކޮމިޝަނަށް ހުށެހެޅުމަށް އެދެމެވެ.